logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އަންނަ ހޮނިހިރު ދުވަހު ހިޔާ ފްލެޓްތަކުން ކަރަންޓް ކެނޑިދާނެ: ސްޓެލްކޯ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް ކުރަމުންދާ އިމާރާތްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި، ގާއިމްކޮށްފައިވާ ވަގުތީ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމަށް ހިޔާގެ ޓަވަރުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯ އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރަނީ ދާއިމީ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މަސައްކަތް ނިމިފައިނުވާތީ ކަމަށެވެ.

އެގޮތުން އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށް ހިޔާ ޓަވަރު 1 އިން 8 އަށް ކަރަންޓް ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

އަދި އެ ކުންފުނިން ބުނީ މެންދުރުފަހު 2:00 އިން 3:30 އަށް ޓަވަރު 9 އިން 16 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ