logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ބަންދާ ދިމާކޮށް ގައިން ގަޔަށް އަރާ ބަލިތައް ގިނަވާތީ، ރައްކާތެރި ވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

މި ދުވަސްވަރަކީ ރާއްޖޭގައި ޑެންގީ ހުމާއި، އަރިދަފުސް ރޯގާ އަދި ބޭރަށްހިންގުން އިތުރުވަމުންދާ ދުވަސްކޮޅަކަށްވެފައ،ި ކުރިއަށް އީދު ބަންދަކާއި ސްކޫލް ޗުއްޓީއެއް އޮތުމާއެކު، ގައިން ގަޔަށް އަރާ ބަލިތަކުން އާންމުން ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭ އިން ބުނީ މި ދުވަސްވަރު ރާއްޖެއިން ބޭރަށާއި، އަތޮޅުތެރެއަށް ދަތުރުކުރުމާއި، ގޭގެ އަށް ޒިޔާރަތްކޮށް މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން އިތުރުވާތީ ރޯގާތަކަށް ސަމާލުވާން ޖެހޭ ކަމަށެވެ.

އެގޮތުން އާންމު ތަންތަނަށް ގޮސް މީހުންގެ ތެރޭގައި އުޅޭއިރު މި ބަލިތަކުން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ވެސް އެތަނުން އެދިފައިވެއެވެ.

ބައްޔެއް ޖެހިއްޖެނަމަ އަރާމު ކުރުމާއި، ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމާއި، ހުން މަޑުކުރުމާއި ހުޅުހުޅުގައި ރިއްސާނަމަ ޕެރަސިޓަމޯލް ބޭނުން ކުރެވިދާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި ތިން ދުވަހަށްވުރެ އިތުރަށް ހުން އަންނަ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވެސް އިރުޝާދު ދީފައިވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ