logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ހުޅުމާލެ ފޭސް 2 ގައި މިރޭ ހަވާ އަރުވަނީ

ހުޅުމާލޭ ދެވަނަ ފިޔަވައްސާ ދިމާލުން މިރޭ ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ކުރި ޓްވީޓެއްގައި ބުނީ މިރޭ 2200 ގައި، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަރުކޮޅުފުއްޓާ ދިމާ ބޭރު މޫދު ސަރަހައްދުގައި ހަވާ އެރުވުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިޔަށްގެންދާ މި ހަރަކާތް ކުރިއަށް ދާނީ 3 މިނެޓެއްހާއިރަށް ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

މިރޭ ހަވާ އަރުވަނީ ޕްރައިވެޓް އިވެންޓަކަށް ކަމަށް ބުނެ، އިތުރު އެހެން މައުލޫމާތެއް އެމްއެންޑީއެފުން ދީފައެއް ނުވެއެވެ.

މީގެ ކުރިން ރާއްޖޭގައި އާއްމުކޮށް ހަވާ އަރުވަނީ ދައުލަތުން ފާހަގަކުރާ ބޮޑެތި މުނާސަބާތަކާ ގުޅުވައިގެން ކަމަށް ވިޔަސް، ސިފްކޯ އިން މިހާރު އަންނަނީ ވިޔަފާރި އުސޫލުން އާއްމުންނަށް އެ ހިދުމަތް ފޯރުކޮށްދެމުންނެވެ.

ހަވާ އެރުވުމަށް އާއްމު ގޮތެއްގައި މިނެޓަކަށް 1000 ޑޮލަރު (ގާތްގަނޑަކަށް -/15000 ރުފިޔާ) ސިފްކޯ އަށް ދައްކަން ޖެހެއެވެ. އެހެންކަމުން މިރޭ ހަވާ އެރުވުމަށް ބައިލައްކައެއްގައި ރުފިޔާ ހޭދަކުރާނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *