މެލޭޝިއާގެ ބަޖެޓް އެއާލައިންއެއް ކަމަށްވާ ބަޓިކް އެއާގެ ޑައިރެކްޓް ފްލައިޓްތައް މިއަދު ރާއްޖެއަށް ފަށައިފިއެވެ.
ބަޓިކް އެއާގެ ދަތުރުތައް ފުރަތަމަ ރާއްޖެއަށް ކުރަންފެށީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ. 57 ޕަސެންޖަރުންނާއެކު ބަޓިކް އެއާގެ ފުރަތަމަ ބޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ހާާއްސަ ވޯޓާ ސެލިއުޓްއަކާއި އެކު މަރުހަބާ ކިޔާފައެވެ.
ކުރިން ވެލާނާ އިންނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އެ އެއާލައިނުން ދަތުރުތައް ބާއްވަމުން އައީ ލަންކާ މަގުން ދަތުރުކުރެވޭ ގޮތަށެވެ. ނަމަވެސް މިއަދު ވަނީ ބަޓިކް އެއާގެ ސީދާ ދަތުރުތައް ރާއްޖެ އަށް ފަށާފައެވެ.
Batik Air has launched direct flights from Kuala Lumpur, to the Maldives, opening new doors for tourism. The inaugural flight received a warm welcome at @VelanaAirport with a special ceremony and water salute. ✈️🌴 #NewFlightRoute @malindoair
Press brief:https://t.co/aP4LaOAwg3 pic.twitter.com/hwcTk5bQ60
— Maldives Airports Company Ltd – MACL (@MACLmedia) June 23, 2023
ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބަޓިކް އެއަރއިން ބޭނުންކުރާނީ ބޮއިންގ 737 މަރުކާގެ ބޯޓެވެ. މިއީ 180 މީހުންގެ ޖާގައިގެން ބޯޓެކެވެ.
މި އެއާލައިން އިން މެލޭޝިޔާ، ތައިލޭންޑް، އޮސްޓްރޭލިއާ ހިމެނޭހެން ފަންސާސް މަންޒިލަކަށް ދަތުރުތައް ބާއްވައެވެ. އަދި މިއެއާރގެ ސަބަބުން މިމަންޒިލްތަކުން ރާއްޖެއަށް ފަތުރުވެރިން އައުމަށްވެސް ފަސޭހަވެގެންދެއެވެ.