logo minivan

English

ހޮނިހިރު, 27 ޖުލައި 2024
މޯދީ މިސްރަށް ވަޑައިގަތުމުން، އެ ގައުމުގެ ބޮޑުވަޒީރު ސަލާމްކުރައްވަނީ

26 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް އިންޑިއާގެ ބޮޑުވަޒީރަކު މިސްރަށް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިސްރަށް ވަޑައިގެންފިއެވެ.

މޯދީ ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގެ މަގްސަދަކީ ދެގައުމުގެ ސްޓްރެޓީޖިކް ޕާޓްނަޝިޕް ހަރުދަނާކުރުމެވެ.

މިއީ ފާއިތުވި 26 އަހަރުގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރަކު މިސްރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެއާޕޯޓުން މޯދީއަށް މަރުހަބާ ދެންނެވީ މިސްރުގެ ބޮޑުވަޒީރު މުސްތަފާ މަދްބޫލީއެވެ.

މޯދީ ވިދާޅުވީ އެ ދަތުރުފުޅުގެ ސަބަބުން މިސްރާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ރައީސް އަބްދުލް ފައްތާހު އަލް ސީސީއާ މަޝްވަރާކުރައްވައި، އެހެނިހެން ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގަތުމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މޯދީގެ މި ދަތުރުފުޅުގައި މިއަދު ރައީސް އަލް ސީސީއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިސްރުގެ ބޮޑުވަޒީރު މަދްބޫލީ އިސްވެ ހުންނަވާ މިސްރުގެ ކެބިނެޓްގެ އިންޑިއާ ޔުނިޓާއެކު ބާއްވާ ރައުންޑްޓޭބަލް ޑިސްކަޝަންގައި ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މޯދީގެ މި ދަތުރުފުޅުގައި މިސްރުގެ  މުފްތީ ޑރ ޝައުކީ އިބްރާހިމް އަބްދުލް ކަރީމް އައްލާމްއާ ބައްދަލުކުރައްވައި މިސްރުގެ މަޝްހޫރު އިލްމުވެރިންނާ އެކު މަޝްވަރާ ކުރައްވާނެ އެވެ. އިންޑިޔާގެ ދާއޫދީ ބޯހްރާ ކޮމިއުނިޓީގެ އެހީގައި މަރާމާތުކުރި އަލްހަކީމް މިސްކިތަށް ވެސް ޒިޔާރަތްކުރައްވާނެއެވެ.

ފުރަތަމަ ބޮޑު ހަނގުރާމައިގައި މިސްރަށްޓަކައި ގުރުބާންވި އިންޑިއާ ސިފައިންގެ ހަނދާންތައް އާކުރާ ހެލިއޯޕޮލިސް ހަނގުރާމައިގެ ގަބުރުސްތާނުގައި މޯދީ އިހުތިރާމް ކުރައްވާނެއެވެ. ކޮމަންވެލްތުން ބިނާކުރި މި ގަބުރުސްތާނަކީ މިސްރުގެ ފުރަތަމަ ބޮޑު ހަނގުރާމައިގައި އެކި އެކި ހަމަނުޖެހުންތަކުގައި މަރުވި އިންޑިއާގެ 3،799 ސިފައިންގެ އަގު ވަޒަންކުރާ ގަބުރުސްތާނެކެވެ.

ބޮޑުވަޒީރުގެ މި ދަތުރުފުޅަކީ މިއަހަރުގެ ކުރީކޮޅު ބޭއްވި ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ރައީސް އަލްސީސީ އިންޑިއާއަށް ދަތުރުފުޅެއް ކުރެއްވިތާ ހަ މަސް ފަހުން ކުރައްވާ ދަތުރުފުޅެކެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *