logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ހައްޖުވެރިން ރާއްޖެ އަންނަން ފަށާނީ ޖުލައި 7 ގައި

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނީ އަންނަ މަހުގެ 7 އިން ފެށިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި ހުރިހާ ހައްޖުވެރިން އެނބުރި ރާއްޖެ އައިސް ނިމޭނީ އަންނަ މަހުގެ 14 އަށެވެ. ހައްޖާޖީންގެ ގެނައުމަށް ހަތް ފްލައިޓެއް ހަމަަޖެހިފައިވާއިރު، ފުރަތަމަ ދެ ފްލައިޓް އޮންނާނީ ޖުލައި 7 ގައެވެ. އެ ދުވަހު ރާއްޖެ އަށް އަންނާނީ އަލްމަނާސިކާއި ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހައްޖުވެރިންގެ ގްރޫޕެކެވެ. އަދި ތިންވަނަ ފްލައިޓުން އަންނާނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ އިތުރު ހައްޖާޖީންތަކަކާ އެކީގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ހަމައެއާއެކު، ޖުލައި 11 ވަނަ ދުވަހު ހަތަރު ވަނަ ފްލައިޓުން ސިސިލްފަރު ހައްޖު އެންޑް އުމްރާ ގުރޫޕުގެ ހަވާލުގައި ދިޔަ ހައްޖުވެރިން އަންނާނެ އެވެ. ފަސް ވަނަ ފްލައިޓް ޖުލައި 12 ގައި އަންނާނީ އަލްހަރަމައިން ހައްޖު އެންޑް އުމްރާ ގުރޫޕުގެ ހަވާލުގައިދިޔަ ހައްޖާޖީންނާ އެކީގައެވެ. އަދި ފަހު ފްލައިޓް ޖުލައި 14 ގައި އަންނާނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ބަޔަކާ އެކީގައެވެ.

ރާއްޖެއިން މިއަހަރު ހައްޖަށްދިޔަ ހައްޖުވެރިންގެ ތެރެއިން ދެ ދިވެއްސެއްގެ ހާލު ސީރިއަސްވެ، އައިސީޔޫގައި އަންނަނީ ފަރުވާދެމުންނެވެ.

މި އަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދަން ސައޫދީ އަރަބިއްޔާ އިން ދިނީ 1،000 ކޯޓާއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *