logo minivan

English

ހޮނިހިރު, 27 ޖުލައި 2024

މާލޭ މީހުންނަށް ގޯތި ލިބުމުން މަދު ބައެއްގެ ފިތުނައިގެ ހުޅުގަނޑު ދިޔައީ ފަޅައިގެން: ރީކޯ މޫސަ

ގިނަ ދުވަސް ތަކަކަށް ފަހު މާލެގެ ރައްޔިތުންނަށް ގޯތި ލިބުމުން މަދު ބައެއްގެ ފިތުނައިގެ ހުޅުގަނޑު ދިޔައީ ފަޅައިގެން ކަމުގައި ކުރީގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު މުސާ މަނިކު ( ރީކޯ މޫސަ ) ވިދާޅުވެއެޖެ އެވެ.

ރީކޯ މޫސަ މިހެން ވިދާޅުވީ، މާލޭގެ ރަށްވެހިންގެ ތެރެއިން ޝަރުތު ހަމަވެގެން ގޯތި ލިބުނު ކަމަށް ނެރުނު ލިސްޓާ ގުޅިގެން ސަރުކާރަށް އަމާޒުކޮށް ގިނަބަޔަކު ފާޑު ކިޔަމުން ދާތީ އެކަމާ ގުޅިގެން ކުރެއްވި  ޓުވީޓެއްގައެވެ.

އެ ޓުވިޓާގައި ރީކޯ މޫސަ ވިދާޅުވީ، މާލޭ މީހުނަށް ގޯތި ލިބުމަކީ 50 އަހަރުއެމީހުންކުރި ދުޢާ ކަމަށެވެ.

އެގޮތުން ރީކޯ މޫސަ އިތުރަށް ވިދާޅުވީ، ރައީސް ސޯލިހު ފެޓްވި މަސަކަތުން އެތަށްހާސްބަޔަކަށް ގޯތިޔަގީންވުމުން މާލޭމީހުންގެ މިއުފަލުގާ ބައިވެރިވުމުގެ ބަދަލުގާ މަދުބައެއްގެ ފިތުނައިގެ ހުޅުގަނޑުދިޔައީ ފަޅައިގެން ކަމަށެވެ.

މީގެ އިތުރުން ރީކޯ މޫސަ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، މާލޭގައި ސަރުކާރުހިނގުމާ ވިޔާފާރިއާ، އެހެންވެސް ހިދުމަތްތައް ފަށައިގަތީ މި ޖީލުގެ މާލޭމީހުން ކުރިކަމެއްނޫން ކަމަށެވެ.

އެހެން ކަމުން އެކަމާރުޅިއަރާބަޔަކު ،ސިޔާސީ ހަސަދަވެރިކަމެއްގާ ތިބެގެން މާލޭރައްޔަތުންނަށް އަދަބުދޭން އަޑުއުފުލި ކަމުގައިވީ ނަމަވެސް މާލޭގެ ގެދޮރުނެތް މީހުންގެ އިހްސާސްތަކަށް އިހްތިރާމްކުރުމަށް ވެސް ރީކޯ މޫސަ ވަނީ ގޮވާލާފައެވެ.

ސަރުކާރުން ވަނީ މިދިޔަ ހަފްތާ ބުދަ ދުވަހު "ބިންވެރިޔާ" ގެ މަޝްރޫއުގެ ދަށުން ގޯތި ލިބުނު މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފައެވެ. އެ ލިސްޓްގައި 10،314 މީހަކަށް  ގޯތިލިބޭކަމުގައި  ވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *