logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ފޮޓޯ: ހައްޖުކޯޕަރޭޝަން

ހައްޖަށް ދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެ

ރާއްޖެއިން މިއަހަރު ހައްޖަށްދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

ދިވެހި ހައްޖު މިޝަނުން ބުނި ގޮތުގައި ނިޔާވެފައި ވަނީ ދ. މާއެނބޫދޫ، ފިޔާތޮށިގެ، އަލީ ޙަސަން (72) އެވެ.

އެނާ ނިޔާވީ މައްކާގެ ސައުދީ ޖާމަން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރާއްޖޭ ގަޑިން އިއްޔެ އިރުއޮއްސި 6:17 ގައި ކަމަށް ހައްޖު މިޝަނުން ބުންޏެވެ.

މިއީ ރާއްޖެ އިން މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން ނިޔާވި ދެވަނަ މީހާ އެވެ. މީގެކުރިން ނިޔާވީ ގެއްލިގެން ހޯދަމުންދިޔަ ދިވެހި ހައްޖުވެރިޔާ މުހައްމަދު ނަސީމް އަލީ އެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 1:55 ހާއިރު އޭނާ ނިޔާވެފައި އޮތްވާ ފެނުނީ ނޫރު ފަރުބަދައާއި ދިމާލުންނެވެ.

މީގެއިތުރުން ހާލު ދެރަވެގެން 85 އަހަރުގެ ދިވެހި ފިރިހެނަކާއި 58 އަހަރުގެ ދިވެހި އަންހެނަކަށް އަންނަނީ އައިސީޔޫގައި ވެސް ފަރުވާ ދެމުންނެވެ.

ދިވެހި ހައްޖާޖީން އެނބުރި ރާއްޖެ އަންނަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 7 އާއި 14 އާ ދޭތެރޭގަ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *