logo minivan

English

އަންގާރަ, 30 އޭޕްރިލް 2024

އަތޮޅުތެރޭގެ ފުރަތަމަ ޓެނިސް ކޯޓް ނައިފަރުގައި އަޅަނީ

ޅ. ނައިފަރުގައި އަލަށް ތަރައްގީކުރާ ޓެނިސް ކޯޓުގެ މަސައްކަތް މިހާރު ނިމުމަކާ ހަމައަށް އަތުވެއްޖެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހްލޫފު ފާހަގަކުރެއްވި ގޮތުގައި މި ޓެނިސް ކޯޓަކީ މާލެ ފިޔަވައި އެހެން ރަށެއްގައި ފުރަތަމަ ފަހަރަށް ތަރައްގީ ކުރެވޭ ޓެނިސް ކޯޓެވެ. އަދި އޭނާ ވަނީ އެ ކޯޓްގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކުރައްވައިފައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކުޅިވަރަށް މިފަދަ ތަރައްގީއެއް ކުރީގެ އެއްވެސް ސަރުކާރަކުން ގެނެސްދީފައެއް ނުވެއެވެ. އަދި މިފަދަ ކޮންމެ ތަރައްގީއަކާ އެކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުން ރާއްޖޭގައި މުޅިން އެހެން ހަރުފަތަކަށް ގެންގޮސްފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *