ސިނަމާލެ ބްރިޖް މައްޗަށް ރާޅާއެކު ގަލާއި ވެލި އެޅޭތީ ސަމާލުވާން ފުލުހުން އަންގައިފި އެވެ.
ފުލުހުން ބުނީ ސިނަމާލެ ބްރިޖާއި ހައިވޭ ގުޅޭ ހިސާބުން އެއާޕޯޓު ޓްރެފިކް ލައިޓް ކައިރިއަށް އުދަޔާއެކު ގަލާއި ވެލި އަރަމުންދާތީ، އެ ސަރަހައްދުން އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ސަމާލުވާން ޖެހޭ ކަމަށެވެ.
ސިނަމާލެ ބްރިޖާއި ހައިވޭ ގުޅޭ ހިސާބުން އެއާޕޯޓު ޓްރެފިކް ލައިޓް ކައިރިއަށް އުދަޔާއެކު ގަލާއި ވެލި އަރަމުންދާތީ، އެ ސަރަހައްދުން އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ސަމާލުވުމަށް ދަންނަވަން. pic.twitter.com/0EVw0iS9g5
— Maldives Police (@PoliceMv) July 9, 2023
މިދުވަސްވަރު ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖެއަށް ކުރަމުންދާތީ، ބޯކޮށް ވާރޭވެހުމާއެކު ކަނޑުތައް ވަރަށް ގަދައެވެ. އަދި ބައެއް ރަށްރަށަށް އުދައިގެ އަސަރު ވެސް ފޯރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީހުން) ވަނީ ލަފާކޮށްފައެވެ.