logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
ސްޓެލްކޯގެ ހެޑް އޮފީސް. ފޮޓޯ:ކޯޕަރޭޓް މޯލްޑިވްސް

މިއަދު މާލޭ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ

މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި މިއަދު މެންދުރު 14:00 އިން 16:00 އަށް މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި މާލޭގައި ކަރަންޓު ކެނޑޭނީ މާފަންނުގެ އަމީނީ މަގާއި، ކަނބާ އައިސަ ރަނި ހިނގުން، ބުރުޒު މަގު އަދި ޝަހީދު އަލީ ހިނގުމުން ކަމަށެވެ.

އަދި ހުޅުމާލޭގެ އެމްޕީއެލް ހިމެނޭ ސަރަހައްދުގެ ފިތުރޯނު މަގުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ސްޓެލްކޯއިން ކުރި ޓްވީޓުގައި ކަަރަންޓު ކެނޑިދާނެކަމަށް ބެލެވޭ ސަހައްދުތައް ފާހަގަކޮށްފައިވެއެވެ. ކަރަންޓު ކެނޑުމާއި ގުޅިގެން އެ ވަގުތުތަކުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަަކަށް އެކުންފުނިން ވަނީ މާފަށް އެދިފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ