logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ކޮނުމުގެ ތެރޭ ކޭބަލަކަށް ގެއްލުންވެ، ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ވިނަރެސް ފްްލެޓްތަކާއި ދިމާލުން ކޮނުމުގެ ތެރޭގައި ޑިސްޓްރިބިއުޝަން ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ އެވެ.

ސްޓެލްކޯ އިން ބުނީ ކަރަންޓްގެ ހިދުމަތް މެދުކެނޑިފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަމަށެވެ.

ނަމަވެސް މިވަގުތު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ 90 އިންސައްތައަށް މިހާރު އަލުން ކަރަންޓު ދެވިފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އަދި ސްޓެލްކޯ އިން ބުނީ ފުރަތަމަ ފިޔަވަހިން ކަރަންޓުގެ ހިދުމަތް ނުދެވި ހުރި ސަރަހައްދުތަކަށް ކުރިއަށް އޮތް 15 މިނެޓެއްހާއިރު ތެރޭ އަލުން ކަރަންޓު ދެވިގެންދާނެ ކަމަށެވެ.

އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މީހުން ދިރިއުޅޭ ހުރިހާ ސަރަހައްދަކަށް މިހާރު އަލުން ކަރަންޓު ދެވިފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ކަރަންޓު ކެނޑުމާއި ގުޅިގެން އެ ވަގުތުތަކުގައި ދިމާވެދާނެ ދަތިތަަކަށް އެކުންފުނިން ވަނީ މާފަށް އެދިފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ