logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އިންޑިއާ ސަފީރު ފޮރިން މިނިސްޓްރީއަށް ވަޑައިގަތީ ކުރިން ރާވާފައިވާ ބައްދަލުވުމަކަށް

ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރު މިއަދު ފޮރިން މިނިސްޓްރީއަށް ވަޑައިގެންނެވީ ކުރިން ރާވާފައިވާ ބައްދަލުވުމަކަށް ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނެފި އެވެ.

ސަފީރުގެ މިބައްދަުވުން ބޭއްވީ، އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް މަލާމާތްކޮށް ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ވެސް ހިމެނޭ ގޮތަށް އެކްސްގައި ކުރި ޕޯސްޓްތަކާ ގުޅިގެން، އިންޑިއާ އިން ރާއްޖޭގެ ސަފީރު ހާޒިރުކޮށްފައިވަނިކޮށެވެ. އެހެން ކަމުން މި ބައްދަލުވުމަކީ އެކަމާ ގުޅުން ހުރި ބައްދަލުވުމެއްކަމުގަިއ ބެލެވުނު ނަމަވެސް، ފޮރިން މިނިސްޓްރީއިން ބުނެފައިވަނީ މިބައްދަލުމުގައި ދެކެވުނީ، ދެގައުމުގެ ޚާރިޖީ ގުޅުންތަކުގެ ވާހަކަކަމަށެވެ.

އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް މެންދުރު 12:00 އަށް ހާޒިރުވާން އަންގާފައިވާ ކަމަށް ސަރުކާރުގެ އޮފިޝަލުން މީގެކުރިން ވަނީ މީޑިއާގައި ވިދާޅުވެފަ އެވެ. ފޮރިން މިނިސްޓްރީގެ ބައްދަލުވުމުގައި ބައިގަޑި އެއްހާ އިރު ހޭދަކުރެއްވުމަށް ފަހު ސަފީރު މިހާރު އެ ތަނުން ނުކުމެވަޑައިގެންފައި ވާއިރު ބައްދަލުވުމާ ގުޅޭ އިތުރު މައުލޫމާތެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ