logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

މާލޭ ސަރަހައްދުން ކަރަންޓުކެނޑުން މަދުކުރުމަށް ސްޓެލްކޯއިން މަޝްރޫއެއް ފަށަނީ

މާލެ ސަރަހައްދުގެ 'ޕަވާ ސެކިއުރިޓީ' ކަށަވަރުކޮށް ކަރަންޓް ކެނޑުން މަދުކުރުމަށްޓަކައި 'ސިކްސްތު ޕަވާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓު’ގެ ނަމުގައި މަޝްރޫއުއެއް ހިންގަން ނިންމައިފި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ މިހެން ވިދާޅުވެފައިވަނީ މާލެ އަދި ހުޅުމާލޭގެ ޕަވާ ޖެނެރޭޝަންގެ މަސައްކަތްތަކުގައި އުޅުއްވާ މުވައްޒަފުންނާ އެކު މިއަދު ބޭއްވި ބައްދަލުވުންތަކެއްގަ އެވެ.

ސްޓެލްކޯ އިން 'އެކްސް’ގައި ކުރި ޕޯސްޓެއްގައިި ވާ ގޮތުން އެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް 100 ދުވަސް ތެރޭގައި ފަށާނެ ކަމަށް ވެސް ހުސެން ފަހުމީ ވިދާޅުވެފައިވެ އެވެ.

މި މަޝްރޫއު އިއުލާނު ކުރެއްވުމުގެ އިތުރުން ވެސް، އެ ބައްދަލުވުމުގައި އެމްޑީ ވަނީ ސްޓެލްކޯ ހިންގުމުގައި މުވައްޒަފުންގެ ދައުރު ފާހަގަކުރައްވައި، ޝުކުރު އަދާކުރައްވައިފަ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ