logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

މިއަދުގެ ވިއްސާރައިގައި ގެއްލުންވި 8 ގެއެއްގެ 57 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް އަށް ގެއެއްގެ 57 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސާދީފައިވާނެ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ.

ރެއިން ފެށިގެން މާލެއަށަ ހުއްޓާ ނުލާ ވާރޭ ވެހުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވެ ގެތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

އެންޑީއެމްއޭއިން ވިދާޅުވީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކުރަމުންދާ ވިއްސާރައިގައި މާލެގެ އިތުރުން 4 ރަށެއްގައި ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވާކަމަށެވެ. އެއީ ތ.ގުރައިދޫ، ތ.ދިޔަމިގިލި، ލ.މާމެންދޫ، ދ.ކުޑަހުވަދޫއެވެ.

އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ މާލޭގެ ގެތަކަކަށް ކަމަށް ވެސް އެންޑީއެމްއޭ ވިދާޅުވެއެވެ.

އެންޑީއެމްއޭއިން ބުނީ ވިއްސާރައިގައި ގެއްލުން ލިބިގެން މާލޭއިން 144 ގެއަކުން އެހީތެރިކަމަށް އެދުނުކަމަށެވެ. އަދި މިހާތަނަށް 132 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށާއި 91 ގެއެއްގައި ވެލިބަސްތާ ޖަހާފައިވާކަމަށް އެންޑީއެމްއޭއިން ބުނެއެވެ. މީގެ އިތުރުން 8 ގެއެއްގެ 57 މީހުނަށް ވަނީ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ވެސް ވަނީ ހަމަޖައްސާފައައެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *