logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ފެންބޮޑުވި ސަރަހައްދު ތަކުން ފެންހިންދާ އާންމު ހާލަތައް ގެނެސްފި

ވާރޭވެހި މާލޭގައި ފެންބޮޑުވި ސަރަހައްދުތަކުގެ ފެން ހިންދައި އާންމު ހާލަތަށް ގެނެސްފައިވަކަމަށް އެމްއެންޑިއެފް އިން ބުނެފިއެވެ.

އިއްޔެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، އެކި ގެތަކަށް ވަނީ އެކި ވަރުގެ ގެއްލުންވެފައެވެ. އެމްއެންޑީއެފުން ވިދާޅުވެފައިވާ ގޮތުގައި ފެންބޮޑުވި ސަރަހައްދުތަކުގައި ފެން ހިންދައި އާއްމު ހާލަތަކަށް ގެނެވިފައިވަނީ ފަތިހު 5:00 ހާއިރުއެވެ.

ސިފައިން ބުނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ، ގޭގެއަށް ފެންވަންނަތީ 176 ގެއެއްގައި ވެލިބަސްތާ ޖަހައި އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ. އަދި ރޭ ދަންވަރު 2:35 އާ ހަމަމައަށް ޕަމްޕް ބޭނުންކޮށްގެން 27،449 ޓަނުގެ ފެން ހިންދާފައިވާ ކަމަށް ވެސް ބުންޏެވެ.

މާލޭގެ 8 ސަރަހައްދެއްގައި 23 ޕަމްޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރި ކަމަށް ސިފައިނ ބުންޏެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *