logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ހިޔާ ޓަވަރުތަކުގެ ނަޖިސްހޮޅިތަކުން ފެންތިކިޖަހާ މައްސަލައަށް ހައްލެއް ނެތީބާ!

ހިޔާ ޓަވަރު ތަކުގެ ބޭސްމަންޓަކީ މޮޓޯ ސައިކަލް ޕާކިން އެވެ.  ޓަވަރުތަކުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަޔަކު ސައިކަލް ޕާކުކުރަނީ އެ ފަރާތެއް ދިރިއުޅޭ ޓަވަރެއްގެ ބޭސްމަންޓްގައެވެ.

ހިޔާ ޓަވަރުތައް ފަރުމާކޮށްފައިވަނީ އިމާރާތުގެ ހުރިހާ އެޕާޓްމަންޓް ތަކުގެ ނަޖިސްހޮޅިތަށް ބޭސްމަންޓްގެ މަތީ ޝީޓް ގެ ދަށުގައި ފެންނަން ހުންނަ ގޮތަށެވެ. އެހެންކަމުން އެއިން އެއްވެސް ހޮޅިއަކުން ލީކުވާނަމަ އެ އެއްޗެއް ފައިބާނީ ބޭސްމަންޓް އަށެެވެ. އެގޮތުން ހިޔާ ޓަވަރުތަކުގެ ބޭސްމަންޓް ގައި ހުންނަ ނަޖިސްހޮޅިތަކުން މެދުކެނޑުމެއްނެތި ފެންތިކިޖަހާ މައްސަލައަކީ އެތަންތަނުގައި ދިރިއުޅޭ ފަރާތްތަކުގެ ނުހަނު ބޮދު މައްސަލައެކެވެ. ބޭސްމަންޓް އަށް ވަންނަ ފަރާތްތަކުން ޖެހެނީ ނަޖިސް ފެންތިކި ތަކަށް ބަލައިގެން އުޅޭށެވެ.

ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކުން އެކަމުގެ ޝަކުވާ އާބަންކޯގައި ކުރާކަމަށާއި ނަމަވެސް އެކަމަށް އެއްވެސް ވަރެއްގެ ހައްލެއް ހޯދަން މަސައްކަތްކުރާތަން ނުފެންނަކމުގައި އެތަނުގައި ދިރިއުޅޭ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. "މިހާރަކަށް އައިސް އާއްމުކޮށް ބޭސްމަންޓްގެ ލައިޓް ތައް ދިއްލަނީ 8 ނުވަތަ 7:30 ހާއިރު އެހާއިރު ބޭރުން އައިސް ސައިކަލު ޕާކުކުރަން ނުވަންނަން، ވަދެފިޔާ ނޭނގެ ބޮލަށް ފައިބާނީ ކޮންޗެއް ކަމެއްވެސް" އެ ތަނުގައި ދިރިއުޅޭ މީހަކު ބުންޏެވެ. އަދި އެތަނުގައި ދިރިއުޅޭ އެހެން ފަރާތަކުން ބުނީ އޭނާ ސައިކަލު ޕާކުކުރަނީ ބޭރު މަގުގެ ކޮންމެވެސް ތަނެއްގައި ކަމަށާއި ހެނދުނު އޮފީހަށްދާން ފެންވަރައިގެން ސައިކަލު ނަގަން އެތަނަށް ވަންނަން ބޭނުންނުވާކަމަށެވެ.

ހިޔާ ޓަވަރު ތަކުގެ އަގުގެ އިތުރަށް މަހަކު 1000ރ މަރާމާތު ފީގެ ގޮތުގައި އެތަންތަނުގެ ވެރިފަރާތުން އާބަންކޯއަށް ދައްކަންޖެހެއެވެ. ހިޔާ ޓަވަރުތަކުގައި ހިމެނޭ ޖުމްލަ ފުލެޓް ގެ އަދަދަކީ 6720 ފުލެޓް ކަމަށްވާއިރު މަރާމާތު ފީގެ ގޮތުގައި މަހަކު 6،720،000ރ އާބަންކޯއަށް ލިބޭނެއެވެ. އެ ފައިސާއަކީ އެ ޓަވަރުތަކުގެ މަރާމާތަށް އެތަންތަނުގެ ވެރިން ދައްކާ ފައިސާކަމަށްވާއިރު ޓަވަރު ތަކުގެ ބޭސްމަންޓްގެ ހޮޅިތަކުން ނަޖިސްފެން ފައިބާ މައްސަލަ ހައްލު ކުރުމަކީ އެތަންތަނުގެ ދިރިއުޅޭ ފަރާތްތަކުން ވަރަށްބޮޑަށް އެދޭކަމެއްކަމުގައި އެފަރާތްތަކުން ބުނެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *