logo minivan

English

ހޮނިހިރު, 18 މެއި 2024

މިއަދުގެ ޚުތުބާގައި ކިޔައިދިނީ ރުޅިމަޑުކުރުމުގެ މުހިންމުކަން

ރަސޫލާ ބަޔާންކޮށްދެއްވާފައިވާ ގޮތުގައި ރުޅިއަކީ ޝައިޠާނާ އިންސާނާގެ ހަށިގަނޑު ތެރެއަށް އުކާ އަލިފާނުގެ އަނގުރުތައް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ކީރިތި ޤުރުއާނުންނާއި ހަދީސްތަކުން ހުއްޖަތް ދައްކައި މިއަދުގެ ޚުތުބާގައި ރުޅި އިސްނުކުރުމާއި ރުޅި މަޑުކުރުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ ވަރަށްބޮޑަ އަލިއަޅުވާލާފައެވެ. އެގޮތުން ރުޅި މަޑުކުރުމަކީ ސުވަރުގެ ވަދެވޭނެ އަމަލެއްކަމަށް ޚުތުބާގައި ކިޔާދީފައިވެއެވެ.

ޚުތުބާގައި ބުނީ، ރަސޫލާ އެ ކަލޭގެފާނުގެ ސަހާބީންނަށް "ތިޔަ ބޭކަލުން ކޯފާ އިސްނުކުރާށެވެ!" އެފަދައިން ތަކުރާރުކޮށް އަންގަވާފައިވާކަމަށެވެ.

ޚުތުބާގައި ބުނީ، ޝައިޠާނާ އަބަދު ވެސް މަސައްކަތް ކުރާނީ އިންސާނާ ރުޅިއަރުވައިގެން އޭނާ ލައްވާ ކުށް ފާފަތައް ކުރުވަން ކަމަށެވެ. އެއީ, މިއަދު އިންސާނާ ކުރާ އަމަލުތަކަށް ޤިޔާމަތް ދުވަހުން ޖަވާބުދާރީ ވާން ޖެހޭނެތީ ކަމަށް ޚުތުބާގައި ބުންޏެވެ.

ރުޅިމަޑުކުރުމުގެ ބައެއް މިސާލު ޚުތުބާގައި ވަނީ ކިޔާދީފައެވެ. އެގޮތުން އެއްދުވަހަކު އުމަރުގެ ފާނާ ދިމާއަށް އަޑުގަދަ ކުރި މީހަކާ މެދު ކަންތައްކުރެއްވި ގޮތާއި ރުޅި އިސްނުކުރެެއްވި ވާހަކަ ކިޔައިދީފައިވެއެވ.

މިފަދަ ވާހަކަތަކުން އިބްރަތް ނަގާ ޚުތުބާގައި ބުނީ މާޒީގައި ކަންއޮތީ އެހެންކަމަށެވެ. އަދި އެއީ ރުޅި އިސްނުކުރާ އިލްމުވެރިންގެ އުންމަތެއްކަމަށެވެ.

ރުޅި މަޑުވުމަކީ ﷲ ލޯބިވެވޮޑިގެންވާ އެކަލާނގެ ރަސޫލާ ލޯބި ކުރައްވާ ސިފައެއް ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

"އެއީ ރުޅި އިސްނުކުރާ ހިލްމުވެރި އުއްމަތެއް. އުއްމަތުގެ އަފްރާދުން މަސައްކަތް ކޮށްފައި ވަނީ، އުއްމަތް ބިނާކޮށް އާރާސްތު ކުރުމަށެވެ. ރަޙްމާންވަންތަ ރަސްކަލާނގެ އަޅުންގެ ގާތަށް ރުޅި ވެސް އަންނާނެއެވެ. އެހެނަސް އެ މީހުން ރުޅި އަންނާނީ ﷲ އަށްޓަކައެވެ،" ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ، މުސްލިމުން ނަމޫނާއަކަށް ބަލަން ޖެހޭނީ ރަސޫލާ ކަމަށެވެ. އަދި  އަމިއްލަ ކަންތައްތަކާއި ވިޔަފާރީގެ ކަންކަމާއި އަދި އެކުވެރިކަމާއި އަވަށްޓެރި ކަމުގައި ރުޅި އިސްކޮށްގެން ނުވާނެކަަމަށެވެ.

އަހަރެމެން އަވަދިނެތި އުޅެން ޖެހޭނީ އިސްލާމް ދީނަށްޓަކައި ކަމަށާއި ދުނިޔެއަކީ އެއަށްޓަކާ އަރާރުން ވާންޖެހޭ ވަރުގެ އަގުހުރި ތަނެއް ނޫންކަމަށް ޚުތުބާގައި ބުންޏެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *