logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

މަހްލޫފުގެ އަންހެނުން ނަޒޫ މަޖިލީހަށް ވާދަކުރަނީ

ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ އަނބިކަނބަލުން ނަޒުރާ ނަސީމް (ނަޒޫ ނަސީމު) މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފިއެވެ.

މަޖިލީހަށް ވާދަކުރައްވާކަން ނަޒޫ އިއުލާނު ކުރައްވާފައިވަނީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އޭނަ ކުރިމަތިލައްވަން ނިންމާފައިވަނީ އުފަން ސިޓީ ފުވައްމުލަކުގެ ދެކުނު ދާއިރާއަށެވެ. އެއީ އެމްޑީޕީގެ ފަރާތުންނެވެ. އެގޮތުން، އަންނަ މަހު 3 ގައި އެ ޕާޓީން ބާއްވާ ޕްރައިމަރީގައި ތާއީދުކޮށް ދިނުމަށް ނަޒޫ ވަނީ އެދިވަޑައިގެންފައެވެ.

ނަޒޫ އަކީ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމުގެ އެއްބަނޑު އެއްބަފާ ކޮއްކޮއެކެވެ. އަދި އެނާ ވަނީ ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުގައި ފައިސަލާ އެކު ރައީސް އޮފީހުގައި މަސައްކަތް ކުރައްވާފައެވެ.

އޭނާގެ ފިރިކަލުން މަހުލޫފަކީ ވެސް ކުރިން މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މިދިޔަ ސަރުކާރުގައި ޔޫތު މިނިސްޓަރަކަށް އައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުގެ ގޮތުގައެވެ.

މަޖިލިސް އިންތިހާބު ބާއްވަން ނިންމާފައިވަނީ މާޗް މަހުގެ 17 ގައެވެ. އެއީ ރޯދަމަހުގެ ފުރަތަމަ ހަފްތާއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *