logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ރާއްޖޭގައި އެންމެ ގިނަ މީހުން މަރުވާ 3 ސަބަބުގެ ތެރޭގައި ކެންސަރު ހިމެނޭ: އެޗްޕީއޭ

ރާއްޖޭގައި އެންމެ ގިނަ މީހުން މަރުވާ ތިން ސަބަބުގެ ތެރޭގައި ކެންސަރު ހިމެނޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ހަވާލާދީ އެޗްޕީއޭއިން މިއަދު ބުނެފިއެވެ.

"ފަރުވާގެ ފަރަގު ކުޑަކުރަމާ" މި ޝިއާރުގެ ދަށުން މިއަދު ފާހަގަކުރާ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކެންސަރު ބައްޔަކީ ދުނިޔޭގައި ދެ ވަނައަށް އެންމެ ގިނަ މީހުން މަރުވާ ސަބަބު ކަމަށެވެ. އަހަރަކު 10 މިލިއަން މީހުން އެ ބަލީގައި މަރުވާއިރު، 40 ޕަސެންޓް މީހުންނަކީ ދިރިއުޅުމުގެ ވައްޓަފާޅި އާއި ގެންގުޅޭ ނުރަނގަޅު އެކި އާދަތަކުގެ ސަބަބުން ކެންސަރު ބަލި ޖެހޭ މީހުން ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން، މިފަދަ އަމަލުތަކުން ދުރުވެ، ކެންސަރު ބައްޔަށް ސްކްރީންކޮށް ބަލީގެކުރީ ކޮޅުގައި ބަލި ދެނަގަތުމަކީ ކެންސަރު ޖެހޭ ނިސްބަތުގެ ތިންބައިކުޅަ އެއްބައި ދަށްކުރެވޭނެ ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން، ރާއްޖޭގައި އެންމެ ގިނަ މީހުން މަރުވާ ތިން ސަބަބުގެ ތެރޭގައި ކެންސަރު ހިމެނޭއިރު، ޑަބްލިއުއެޗްއޯއިން އަންދާޒާކުރާ 2020 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 ޕަސެންޓަކީ ކެންސަރުގައި މަރުވާ މީހުން ކަމަށް ވެސް ބަޔާނުގައިވެއެވެ.

އެގޮތުން، އެޗްޕީއޭއިން ބުނީ ކެންސަރު ބަލިން ރައްކާތެރިވުމަށާއި އެ ބަލި ކޮންޓްރޯލްކުރަން ކުރާ މަސައްކަތުގައި ކެންސަރު ބަލީގެ ރަޖިސްޓްރީ ގާއިމްކޮށް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްކުރާ ކަމަށެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން ހޮސްޕިޓަލުތަކުގެ ރަޖިސްޓްރީގައި ތިބި ކެންސަރު ބަލި މީހުން އެ ރަޖިސްޓްރީއަށް އަޅާ އަދާ ހަމަކުރުމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކެންސަރު ޖެހުމަށް މަގުފަހިވާ ކަންތައްތައް:

  • ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުންފަތުގެ ދުމަށް ހުށަހެޅުން
  • ކެއިންބުއިމުގެ ނުރަނގަޅު އާދަތައް

  • ދުފުން

  • އެކަށީގެންވާ ވަރަށް ހެލިފެލިވެ ކަސްރަތުކޮށް ނޫޅުން

  • ބަރުދަން ހުންނަންވާ ވަރަށް ވުރެ އިތުރުވުން

  • ބަނގުރާ ބުއިން

ކެންސަރުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް:

  • އެޗްޕީވީ ވެކްސިން ޖެހުން

  • އަވިން ރައްކާތެރިވުން

  • ދަރިފުޅަށް ގާތުން ކިރުދިނުން

  • ރައްކާތެރި ގޮތުގައި ޖިންސީ ގުޅުން ހިންގުން

  • ކެއުމުގައި ވީހާ ވެސް ގިނައިން ތަރުކާރިއާ މޭވާ ބޭނުންކުރުން

  • ގަވައިދުން ކަސްރަތުކޮށް ބަރުދަން އެއްވަރެއްގައި ހިފެހެއްޓުން

އެޗްޕީއޭއިން ނެރުނު ބަޔާނުގައި ބުނި ގޮތުގައި ރާއްޖޭގައި އެންމެ ގިނައިން ފެންނަ ކެންސަރުގެ ބާވަތްތަކަކީ އުރަމަތީގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރާއި ލޭގެ ކެންސަރާއި ތައިރޮއިޑް އަދި ޕްރޮސްޓޭޓް ކެންސަރެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *