logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ބޮޑު އިންގިލާބެއް، ޝަރީއަތުގައި ދައްކާ ވާހަކަ އޮޓޯ އިން ލިޔެވޭ ސޮފްޓްވެއާއެއް ތައާރަފްކޮށްފި

ޝަރުއީ ދާއިރާގެ ހިދުމަތް އަދި މައްސަލަ ނިންމުން އެތައް ގުނައަކުން އަވަސް ވެގެން ދާނެ ބޮޑު އިންގިލާބެއް ގެނެސްދީ، ދިވެހި ބަހުން ދައްކާ ވާހަކަ ތާނައިން ލިޔެވޭ ސްޕީޗް ޓު ޓެކްސްޓު ސްފޮޓްވެއާ "ކޭލި" މިއަދު ތައާރަފުކޮށްފި އެވެ.

މައްސަލަތަކުގެ އަޑުއެހުންތަކުގައި ދައްކާ ވާހަކަތައް، މިހާރު ލިޔަނީ އަޑުއެހުން ރެކޯޑުކޮށް، އިދާރީ މުވައްޒަފުން އެ ރެކޯޑިންތައް އަޑުއަހައިގެނެވެ. ފަސް މިނެޓާއި ހަތް މިނެޓާ ދެމެދުގެ ރެކޯޑިިންއެއް މެނުއަލްކޮށް ޓައިޕް ކުރަން އާންމު ގޮތެއްގައި ބައިގަޑިއިރު ހޭދަވެ އެވެ.

ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އެ ކަން ހައްލުކުރަން ނިންމީ 2021، ގަ އެވެ.

ތިން އަހަރު ދުވަހުގެ ތެރޭގައި، ދިވެހި ޑިވެލޮޕަރުންގެ ޓީމެއްގެ ބުރަ މަސައްކަތުން ތައްޔާރުކުރި މި ސޮފްޓްވެއާ މިއަދު އިފްތިތާހު ކުރީ، ދަރުމަވަންތަ ހޮސްޕިޓަލުގެ އުޑުވިލާ ކޮންފެރެންސް ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ.

މި ބަދަލާއި އެކު ކޯޓުތަކުގައި ހަލުވިކަމާއެކު ދުވަހުން ދުވަހަށް ބަޔާންތައް ނިންމުމުގެ މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ އެވެ. އަދި، ކޯޓުތަކުގައި ހިންގާ ޝަރީއަތްތަކުގެ މަޙްޟަރު ބަޔާންތައް ނުލިޔެވުމުގެ ސަބަބުން، ޝަރީއަތްތައް ލަސްވާ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެން ދާނެ އެވެ. އަދި މައްސަލަތައް ނިންމުމަށް ހޭދަވާ ވަގުތު ކުޑަކުރެވި، ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ މައްސަލައަށް ވެސް ކޮންމެ ވެސް މިންވަރެއްގެ ލުޔެއް ލިބިގެންދާނެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *