logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024
ހުޅުމާޅޭގެ މަގެއް

ވޭނެއްގައި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ވޭނެއްގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ރޭ ދަންވަރު ހިނގި އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެގެން، ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެ އެކްސިޑެންޓުގައި އަނިޔާވީ 19 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުމާލޭ ގުލްއަލާމާ ހިނގުމުން ހުޅަނގުން އިރަށް، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު، އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު ކުރިމަތީ އޮތް ވޭނެއްގައި ޖެހިގެން ކަމަށެވެ. އެއީ އިމިގްރޭޝަނުގެ ވޭނެއް ކަމަށާއި ވޭނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެކްސިޑެންޓުވި ސައިކަލުވެސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާކަމަށެވެ. އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *