logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
އެސްޓީއޯއިން މިދިޔަ އަހަރު ވިއްކަން ގެނައި ފިޔާ،އަދި އަލުވި.... ފޮޓޯ: ޕީއެސްއެމްނިއުސް

އެސްޓީއޯއިން އަނެއްކާވެސް ފިޔާގެ އަގުހެޔޮކޮށްފި

ބާޒާރުގައި ފިޔާގެ އަގު ވަރަށްބޮޑަށް އުފުލިފައިވަނިކޮށް އެސްޓީއޯއިން ފިޔާ އެތެރެކޮށް ކިލޯއެއް 17 ރުފިޔާއަށް މިއަދު ވިއްކަން ފަށައިފިއެވެ.

ބާޒާރުގައި ވިއްކާ ކާބޯތަކެތީގެ ތެރެއިން ފިޔާ ހިމެނިފައިވަނީ މިފަހުން އެންމެބޮޑަށް އަގު އުފުލުނު ބާވަތަށެވެ. ބާޒާރުގައި ފިޔާ ކިލޯއެއް 25 ރުފިޔާއަށް ވިއްކަމުން ދަނިކޮށް އެސްޓީއޯއިން ވަނީ ފިޔާ އެތެރެކޮށް މިދިޔަ ހަފްތާގެ ތެރޭގައި ކިލޯއެއް 20 ރުފިޔާއަށް ވިއްކަން ފަށާފައެވެ.

އެސްޓީއޯއިން މިއަދު ބުނީ އެކުންފުނިން ވިއްކާ ފިޔާ ކިލޯއެއްގެ އަގު 17 ރުފިޔާއަށް ތިރިކޮށްފައިވާކަމަށާއި، ފިޔާ ބަސްތާއެއް މިހާރު 320 ރުފިޔާއަށް ލިބޭނޭކަމަށެވެ. މީގެ ކުރިން އެސްޓީއޯއިން ފިޔާ ބަސްތާއެއް ވިއްކަމުން އައީ 450 ރުފިޔާއަށެވެ. އެސްޓީއޯއިން ފިޔާ ގެނެސް އަގުހެޔޮކޮށް ވިއްކަން ފަށާފައިމިވަނީ ކުރިއަށްއޮތް ރަމަޟާންމަހާ ދިމާކޮށް ފިޔާގެ އަގު ވަރަށްބޮޑަށް އުފުލެން ފެށުމާއި ގުޅިގެންނެވެ.

އެސްޓީއޯއިން މިއަދު ފިޔާގެ އަގަށް ގެނައި ބަދަލު:

  • ބަސްތާއެއް: 320 ރުފިޔާ
  • 10 ބަސްތާ ނަގާނަމަ ބަސްތާއެއް: 310 ރުފިޔާ
  • 20 ބަސްތާ ނަގާނަމަ ބަސްތާއެއް: 300 ރުފިޔާ

ބާޒާރުގައި އެންމެ އާއްމުކޮށް ބޭނުންކުރާ ތަކެތީގެ ތެރޭގައި ހިމެނޭ، ފިޔާ،ބިސް އަދި އަލުވީގެ އަގު މިދިޔަ އަހަރުތަކުގެ ރަމަޟާންމަހު އުފުލުމާ ގުޅިގެން އެސްޓީއޯއިން ވަނީ އެތަކެތި ރާއްޖެ އެތެރެކޮށް ހެޔޮއަގުގައި ވިއްކާފައެވެ.

އެސްޓީއޯއިން މިހާރު އާއްމުނަށް އަލުވި ކިލޯއެއް 15 ރުފިޔާއަށް ވިއްކާއިރު، ބިސް ވިއްކާ އަގަކީ 1.75 ރުފިޔާއެވެ.

އެސްޓީއޯއިން ބުނީ، ރަމަޟާންމަހަށް ހާއްސަކޮށްގެން، ޒަރޫރީ ބޭނުމަށް ބޭނުންވާ ކާބޯތަކެތީގެ އެހެނިހެން ބާވަތްތައްވެސް ގެނައުމަށް ނިންމާފައިވާކަމަށެވެ. މީގެ ތެރޭގައި އެންމެ އިސްކަމެއްދޭނީ ހާއްސަކޮށް ބާޒާރުގައި އަގުތައް އަރައިގެން ދާކަމަށް ފާހަގަކުރެވޭ ތަކެއްޗަށް ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ