logo minivan

English

ހޮނިހިރު, 19 އޮކްޓޯބަރ 2024

ޖަލަށް ފޯނާއި މަނާތަކެތި ފޯރުކޮށްދިން އޮފިސަރުންގެ ތެރެއިން 3 މީހުން ވަނީ އިޢުތިރާފްގެ އެއްބަސްވުން ހަދާފައި: ޕީޖީ ވަކީލު

ޖަލުގައި ހުކުމް ތަންފީޒްކުރަމުންގެންދާ ފަރާތްތަކަށް ފޯނާއި މަނާތަކެތި ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޑީޕީއާރއެސް މުވައްޒަފުންގެ ތެރެއިން ތިން މީހަކާއެކު އިޢުތިރާފުގެ އެއްބަސްވުން ހަދައިފަކަމަށް ޕީޖީގެ ވަކީލުން ބުނެފިއެވެ.

ޖޫން މަހު މޯލްޑިވްސް ޕްލިސްސާވިސަސް އިން ހިންގި ހާއްސަ އޮޕަރޝަނުގައި ޖަލުގައި ތިބޭ ގައިދީންނަށް މަސްތުވާތަކެއްޗާއި ފޯނާއި މަނާތަކެތި ފޯރުކޮށްދީގެން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ ޑީޕީއާރއެސްގެ 18 މުވައްޒަފަކު ވަނީ ހައްޔަރުކޮށްފައެވެ.

އެ މައްސަލާގައި ހައްޔަރުކުރި 18 މީހުންގެ ތެރެއިން ދައުވާކުރުމަށް ޕީޖީއަށް ފޮނުވާފައިނީ 13 މީހެއްގެ މައްޗަށެވެ. ނަމަވެސް ފުލުހުން ދައުވާކުރުމަށް ފޮނުވި 13 މީހުންގެ ތެރެއިން 8 މީހެއްގެ މައްޗަށް ހެކި ނެތުމުގެ ސަބަބުން ދައުވާ އުފުލާފައެއް ނުވެއެވެ. އެ މައްސަލާގައި ފީޖީން ދައުވާ އުފުލާފައިވަނީ ރ. އުނގޫފާރު އައިވަރީހައުސް، ޖިނާހް އަބްދުއްރަހީމާއި ނ. ލަންދޫ ކާމިނީގޭ އަލީ އަސްފާގާއި ކ. މާފުށީ ބީޗްހައުސް، އަލީ ޝަހީމާއި ގއ. ވިލިނގިލީ ކުއްޅަވައްގޭ މުހައްމަދު ފަތޫހު ފަތުހުﷲ އާއި ހދ. ނޭކުރެންދޫ ތަރާނާގޭ އަލީ ނާޒިމްގެ މައްޗަށެވެ.

ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ތެރެއިން ރ. އުނގޫފާރު އައިވަރީހައުސް، ޖިނާހް އަބްދުއްރަހީމާއި، ކ. މާފުށީ ބީޗްހައުސް، އަލީ ޝަހީމު ގެ އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އާއި ނުހައްގު މުއްސަނދިކަން ލިބިގަތުމުގެ ދައުވާ އެވެ. ނ. ލަންދޫ ކާމިނީގޭ އަލީ އަސްފާގާއި ގއ. ވިލިނގިލީ ކުއްޅަވައްގޭ މުހައްމަދު ފަތޫހު ފަތުހުﷲ އާއި ހދ. ނޭކުރެންދޫ ތަރާނާގޭ އަލީ ނާޒިމްގެ މައްޗަށް އުފުލާފައިވަނީ ނުހައްގު މުއްސަނދިކަން ހޯދުމާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އޭގެ ތެރެއިން ރ. އުނގޫފާރު އައިވަރީހައުސް، ޖިނާހް އަބްދުއްރަހީމާއި، ގއ. ވިލިނގިލީ ކުއްޅަވައްގޭ މުހައްމަދު ފަތޫހު ފަތުހުﷲ އަދި ނ. ލަންދޫ ކާމިނީގޭ އަލީ އަސްފާގު އާއިއެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ.

ގައިދީންނަށް މަނާތަކެތި ފޯރުކޮށްދީގެން އެމީހުންގެ އެކައުންޓްތަކަށް 73 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *