logo minivan

English

ހޮނިހިރު, 19 އޮކްޓޯބަރ 2024

ރައީސް ޑރ.މުއިއްޒު އަށް ރަސްމީކޮށް އިންޑިއާއިން މަރުޚަބާ ކިޔައިފި

ރައީސް ޑރ.މުއިއްޒު އިއްޔެ އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން  އިންޑިއާ ސަރުކާރުން ރަސްމީ ކޮށް މަރްޙަބާ ދެންނެވުމުގެ ހަފްލާއެއް ބާއްވައިފިއެވެ.

އެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދުގެ ހެނދުނު އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގަ އެވެ. ރާޝްތުރަޕަތީ ބަވަން އިން ރައީސްގެ ދެ ކަނބަލުންނަށް މަރުޚަބާ ދެންނެވީ އިންޑިއާގެ ރައީސް ދުރޫޕަދީ މްރުމޫ އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. އެ ރަސްމިއްޔާތުގައި ރައީސް ގެ ޝަރަފްގައި 21 ބަޑީގެ ސަލާމެއް އަރުވައި ރައީސްގެ ޝަރަފްގައި އޮތް ޝަރަފްގެ ގާޑު އިންސްޕެއްޓް ކޮށްދެއްވުންވެސް އޮތެވެ.

ރާޝްތުރަޕަތީ ބަވަންގައި ބޭއްވި  މަރުޚަބާ ދެންނެވުމުގެ ރަސްމިއްޔާތައްފަހު ރައީސް ދެން ވަޑައިގެންގެންފައިވަނީ މަހާތުމާ ގާންދީގެ މަޤްބަރާ (ރާޖްގަޓަށް) ބައްލަވާލެއްވުމަށެވެ.

ރައީސް ޑރ. މުއިއްޒުގެ މިދަތުރު ފުޅުގައި އިންޑިއާގެ ސަރުކާރާއެކު ރަސްމީ ވާހަކަތައް ބަދަލުކުރެއްވުމާ އަދި އިންޑިއާގެ ބެންގަލޫރު ސިޓީއަށްވެސް ދަތުރުފުޅުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަދުވަހުއެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *