ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މިރޭ ވަނީ ފައްޓަވާފައެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެއަރޕޯޓް ނިމުމާއެކު ސީދާގޮތުންނާއި ނުސީދާގޮތުން، މި ސަރަޙައްދުގެ އިގްތިޞޯދަށް ދިރުން ލިބިގެންދާނެކަމުގައި ވިދާޅުވިއެވެ. އެގޮތުން އެތައްހާސް ވަޒީފާތައް އުފެދުމާއި ގެސްޓް ހައުސްތަކާއި، ސިޓީ ހޮޓާތަކާއި، ރިސޯޓުތަކުގެ އެނދުތައް، އެތައް ގުނައެއް އިތުރުވެގެންދިއުމާއި އެކި ބާވަތްތަކުގެ ވިޔަފާރިތަކާ، އިޤްތިޞާދީ މަސައްކަތްތަކަށް ގިނަ ފުރުޞަތުތަކެއް ހުޅުވިގެންގޮސް ބޮޑުތިލަދުންމައްޗަކީ އިޤްތިޞާދީ ވަރުގަދަ ހަބަކަށްވުމަށް މަގުފަހިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
Hulhule’ was pivotal in transforming Male region as we know it. Elevated tourism; from bare islands to world renowned branded hotel islands, fisheries industry; from localmarket to world markets. With Hanimaadhoo Intnl Airport at the center, wil transform the North in like manner pic.twitter.com/usYeTNVbjL
— Hisko (@HiskoMan) January 18, 2023
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ ރާއްޖޭގެ ތާރީޚުގައިވެސް މާލެ ސަރަޙައްދުން ބޭރުގައި ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއެވެ. އިންޑިއާގެ އެގްޒިމްބޭންކުގެ ލޯނު ފައިސާއިން ކުރިއަށްގެންދާ 2.1 ބިލިއަން ރުފިޔާގެ ބިޔަ މި މަޝްރޫޢު ކޮންޓްރެކްޓްކޮށްފައި ވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖްކްޓްސްއާ އެވެ. ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ ވަޞީލަތްތަކާއެކު ބޮޑެތި މަތިންދާބޯޓުފަހަރަށް ޖެއްސޭވަރުގެ 2460 މީޓަރުގެ އާ ރަންވޭއެއް މި އެއަރޕޯޓުގައި ތަރައްޤީކުރެވޭނެއެވެ. އަދި ދިވެހިވަންތަ ސިފައަކަށް ފަރުމާކޮށްފައިވާ ޒަމާނީ ޓާރމިނަލަކާއެކު އެއަރޕޯޓް ތަރައްޤީކުރެވިގެންދާނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭގޮތަށެވެ.