logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އެސްޓީއޯ ވީކެންޑް ފިއެސްޓާއަށް ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް

ރަމަޟާން މަަހަށް ހާއްސަ ކޮށްގެން އެސްޓީއޯ އިން ހުޅުވާލި "އެސްޓީއޯ ވީކެންޑް ފިއެސްޓާ" އަށް ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެސްޓީއޯއިން ބުނީ އިއްޔެ ފެށި އެ ޕްރޮމޯޝަން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކުރިޔަށްދާނެ ކަމަށެވެ. އެ ޕްރޮމޯޝަން ކުރިއަށް ގެންދާނީ  ކޮންމެ ހަފްތާ ބަންދެއްގައި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯ އިން ބުނީ  އެ ޕްރޮމޯޝަންގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިއްކާ ހޯމް އެޕްލަޔަންސް ގަތުމަށް ހަރަދުކުރާ ކޮންމެ 1000 ރުފިޔާއަކާއެކު އިނާމެއް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އޭގެ އިތުރުން ހާއްސަ ޑިސްކައުޓްތަކެއް ވެސް ލިބޭނެ އެވެ.

ވީކެންޑް ފިއެސްޓާގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކެއް ހަވީރު 4:30 ން 6:00 ށް ކުރިޔަށްދާނެ ކަމަށް އެސްޓީއޯ އިން ބުނެފައިވެއެވެ. އަދި ރޭގަނޑު 8:30 ން 10:00 އަށް ފްރީ ޓޭސްޓިން ކުރިޔަށް ގެންދާނެ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

 

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ