logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އެސްޓީއޯގެ އާ އެމްޑީއަކަށް ސައީދު ހަމަޖައްސަން ޕީސީބީއަށް ފޮނުވައިފި

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ސައީދު ހަމަޖައްސަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު ( ޕީސީބީ) އަށް ސަރުކާރުން ފޮނުވައިފި އެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ސައީދު  އެސްޓީއޯއަށް އައްޔަންކުރުމަށް ޕީސީބީއަށް ފޮނުވާ ފައިވާ ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު، މިނިވަން އަށް ޔަގީންކޮށްދެއްވިއެވެ.

" ޕްރައިވެޓައިޒޭޝަން ބޯޑަށް ސައީދުގެ ނަން ފޮނުވާފަ މިހާރު ވާނީ " މިއުވާން ވިދާޅުވިއެވެ.

ސައީދަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.  އޭގެ ފަހުން ސިންގަޕޫރުގައި ހުންނަ މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންސީއެލް) އޮފީހުގެ ވެރިއަކަށް ވެސް އޭނާ ހުންނެވިއެވެ.  އަދި ކުރިން ސިންގަޕޫރުގައި ހުރި މޯލްޑިވްސް ނޭޝަނަލް އޮއިލް ކޮމްޕެނީ (އެމްއެންއޯސީ) ގެ ޗެއާމަން ކަން ވެސް އޭނާ ކުރެއްވިއެވެ.

ސައީދު އެސްޓީއޯގެ އެމްޑީއަކަށް ހަމަޖައްސަން ފޮނުވާފައި މިވަނީ، އެ މަގާމުގައި ހުރި ހުސެއިން އަމްރު ވަކިކުރުމާއި ގުޅިގެންނެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި އަމްރު މަގާމުން ވަކިކުރީ، ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރަން ގެންނަ ބަދަލުތަކުގެ ތެރެއިން ގެނެވުނު ބަދަލަކގުޅިގެންނެވެ. އަމްރު ވަކިކުރިއިރު، ސަރުކާރުގެ ސިޔާސަތުތަކާ ފުށުއަރާ ގޮތަށް އަމަލުކުރަމުން ގެންދާ ކަމުގެ ވާހަކަ އެކިގޮތްގޮތުން ދެކެވެމުން ދިޔައެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ