logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ޕްރިޔަންކާ ނޭފަތުގެ ސާޖަރީ ގޯސްވުމުން ޑިޕްރެޝަނަށްދިޔަ

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ކުރި ނޭފަތުގެ ސާޖަރީ އެއް ގޯސްވުމުން ޑިޕްރެޝަން އަށް ދިޔަ ކަމަށް އޭނާ ބުނެފިއެވެ.

ދާދި ފަހުން ހޮވާޑް ސްޓާރންގެ ރޭޑިއޯ ޝޯ "ސިރިއަސް އެކްސްއެމް" އާ ވާހަކަދައްކަމުން ބަތަލާ ބުނީ އެ ސާޖަރީގެ ސަބަބުން މުޅި މީހާގެ ސިފަ ބަދަލުވެގެން ދިޔަ ކަމަށެވެ. އަދި އޭނާ ވަނީ އެ މެޑިކަލް ޕްރޮސީޖަރަށް ފަހު އެކްޓިންގެ ތިން  ޕްރޮޖެކްޓެއް ގެއްލުނު ކަމަށް ބުނެފައެވެ.

ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ހިއްސާކުރި ގޮތުގައި އޭނާގެ ކެރިއަރު ފެށުނުއިރު ނޭފަތުގައި އިން ޕޮލިޕްއެއް ނަގަން ސާޖަރީއެއް ކުރަން ޖެހުނެވެ. އުމުރުން 40 އަހަރުގެ ބަތަލާ ބުނީ ޑޮކްޓަރުން ސާޖަރީ ގޯސްކޮށް ނިންމާލުމުގެ ސަބަބުން މިހާގެ ސިފަ ބަދަލުވެ، އޭބާ ޑިޕްރެޝަނަށް ދިޔަ ކަމަށެވެ.

2021 ވަނަ އަހަރު ލިޔުނު ހަނދާނީ ފޮތެއް ކަމަށްވާ "އަންފިނިޝްޑް" ގައި ޕްރިޔަންކާ ވަނީ އޭނާގެ ކެރިއަރުގެ މި ‘ޑާކް ފޭސް’ އާ ބެހޭ އިތުރު ތަފްސީލުތައް ހިއްސާކޮށްފައެވެ. އޭނާ ބުނެފައިވަނީ ސާޖަރީގެ ތެރެއިން ޑޮކްޓަރަށް ނޭނގި ނޭފަތުގެ ކަށިގަނޑު ގުޑާފައިވާ ކަމަށެވެ.

" އަހަރެންގެ ކުރީގެ ނޭފަތާ ވަރަށް ތަފާތު. މޫނު ހުރީ އެއްކޮށް ބަދަލުވެފަ. އަހަރެންނަށް އަހަރެން ފާހަގަ ކުރަންވެސް އުގަނދަގޫވި." ޕްރިޔަންކާ ބުންޏެވެ.

ބަތަލާ ބުނީ އެކަމުގެ ސަބަބުން ކެރިއަރު ފެށުމުގެ ކުރިން ވެސް ކެރިއަރު ނިމިއްޖެ ކަމަށް ހީވި ކަމަށެވެ. ނަމަވެސް އޭނާގެ ޑޮކްޓަރެއްގެ ގޮތުގައި ހުރި ބައްޕި، އޭނާއަށް ވިސްނާދިނުމަށްފަހު ކަރެކްޓިވް ސާޖަރީއެއް ހަދަން ގެންދިޔަ ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ބިރުން ހުރިވަރުން ބައްޕަ ބުނީ ސާޖަރީ ރޫމް ތެރޭގައި ހުންނާނެ ކަމަށް. މުޅި ސާޖަރީ ނިމެންދެން ބައްޕަ ހުރި އަހަރެންގެ އަތުގައި ހިފަހައްޓައިގެން. އަހަރެންގެ ކޮންފިޑެންސް އަނެއްކާ ގެނައުމަށް އެންމެ ބޮޑަށް އެހީވެދިނީ އަހަރެންގެ ބައްޕަ" ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާ ޗޯޕްރާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ރިޗާޑް މެޑެންއާ އެކު ގްލޯބަލް ސްޕައި ސީރީޒް ސިޓަޑެލް އިންނެވެ. މި ޝޯ މިހާރު ދަނީ  ޕްރައިމް ވީޑިއޯ އިން ސްޓްރީމް ކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *