logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

ރަސްދޫގައި އިތުރު 100 ޓަނުގެ އާރުއޯ ޕްލާންޓެއް ބަހައްޓައިފި

އއ. ރަސްދޫގެ އިތުރުވަމުންދާ ފެނުގެ ޑިމާންޑަށް ކޭޓާ ކުރުމަށް އެރަށުގައި އިތުރު 100 ޓަނުގެ އާރު.އޯ ޕްލާންޓް ބަހައްޓައިފިއެވެ.

ސްޓެލްކޯއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، 100 ޓަނުގެ އާރު.އޯ ޕްލާންޓް އެ ރަސްދޫގައިި ބަހައްޓާފައިވަނީ އެރަށުގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު، ފުރިހަމަ ހިދުމަތެއް ދިނުމަށްޓަކައި ކަމަށެވެ.

ސްޓެލްކޯއިން ބުނީ، މި ޕްލާންޓާއެކު، ރަސްދޫގެ ފެން އުފެއްދުމުގެ ޖުމްލަ ކެޕޭސިޓީ 160 ޓަނަށް  އިތުރު ކުރެވިގެން ގޮސްފައިވާކަމަށެވެ. އަދި އެ ޕްލާންޓަކީ ސްޓެލްކޯ ކުންފުނީގެ މުވައްޒަފުން އޭގެ ކޮމިޝަނިން ހުރިހާ މަސައްކަތެއްކޮށް އޮޕަރޭޝަނަށް ގެނައި ފުރަތަމަ ޕްލާންޓްކަމަށް އެ ކުންފުނިން ވަނީ ފާހަގަ ކޮށްފައެވެ.

އެމަސައްކަތުގައި އުޅުއްވި ސްޓެލްކޯ ކުންފުނީގެ ވޯޓާރ، ސުވަރޭޖް އެންޑް ވޭސްޓް މެނޭޖްމަންޓު ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓާ އަހުމަދު ޝަރީފް ވަނީ އެ މުއައްޒަފުންގެ މަސައްކަތަށް ތަރުހީބު ދެއްވާފައެވެ.

މީގެ އިތުރުން އެ މަސައްކަތަކީ ސްޓެލްކޯއިން މުޅިން އަލަށް ކޮށްފައިވާ ކަމަކަށް ވާއިރު މުއައްޒަފުން ހޯދަފައިވާ ކާމިޔާބީއަށް ޝަރީފް ވަނީ މުއައްޒަފުންނަށް ޝުކުރާއި، މަރުހަބާ ދަންނަވާފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ