logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ފަހުމީ: ލީޑަރޝިޕް ޕްރޮގްރާމާމެދު ކުރައްވާ އުންމީދު ބޮޑު

ފަހުމީގެ އަމާޒަކީ ސްޓެލްކޯގެ ފައިދާ ފަސް މިލިއަނަށް އެރުވުމާއި އިޔާދަކުރުވަނިވި ހަކަތަ އުފެއްދުން

އެންމެ ބޮޑު އިސްކަމެއްދެއްވާނީ ސްޓެލްކޯއަކި ފައިދާވާ ކުންފުންޏަކަށް ހެދުން ކަމުގައި ސްޓެލްކޯގެ އާ އެމްޑީ ފަހުމީ ވިދާޅުވެއްްޖެއެވެ.

ދިވެހި މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ފަހުމީ ވިދާޅުވީ، އެ ކުންފުންޏަކީ، 500 މިލިއަން ރުފިޔާގެ ފައިދާއެއް ލިބޭ ކުންފުންޏަކަށް ހެދުމަށް ކުރިއަށް އޮތް ފަސް އަހަރު މަސައްކަތް ކުރައްވާނެ ކަމަށެވެ.

ދެވަނަ އަމާޒަކީ ސްޓެލްކޯއިން އަތޮޅު ތެރޭގައި ހިންގާ ތިން ރަށަކަށް، މިހާރު ހުޅުމާލޭ ހައިވޭގައި އިންސްޓޯލްކޮށްފައިވާ ސޯލާ ޕެނަލްތައް ބަދަލުކޮށްގެން، އެ ރަށްރަށުގެ ދުވާލުގެ ކަރަންޓު ސޯލާއަށް ބަދަލު ކުރުން ކަމަށް ވެސްފަހުމީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިއީ ހާސިލުވާނެ ޓާގެޓެއް ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.

ސްޓެލްކޯގައި އޭނާ ހޭދަކުރެއްވި 25 އަހަރުގެ ތަޖުރިބާއާ އެކު ކުންފުނީގެ މެނެޖިން ޑިރެކްޓަރު ކަމާ ހުސެއިން ފަހުމީ ހަވާލުވެވަޑައިގަތީ، ކުންފުނި ރަނގަޅު އަމާޒަކަށް ގެންދިއުމުގެ ފުރިހަމަ ޔަގީންކަން އޮތުމުންކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ