logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އިންޑިއާ ހެކަރުން ޖުވެނައިލް ކޯޓުގެ ސައިޓް ހެކްކޮށް އިންޒާރުދީފި

އިންޑިއާގެ ހެކަރުން ކަމަށް ބުނެ ބަޔަކު ރާއްޖޭގެ ޖުވެނައިލް ކޯޓް ވެބްސައިޓް ހެކުކޮށް ދިވެހިންނަށް އިންޒާރެއް ދީފި އެވެ.

ޖުވެނައިލް ކޯޓްގެ ވެބްސައިޓް ހެކްކުރުމަށްފަހު އިންޑިއާގެ ދިދަ އާއި އެކު ދިގު އިންޒާރުގެ މެސެޖެއް ވަނީ ލިޔެފަ އެވެ. އެކަން ކޮށްފައި ވަނީ އިންޑިއާގެ "ނެޓްވޯކް9″ އިން ކަމަށް ވެސް ވަނީ ބުނެފައިވެ އެވެ.

އެ އިންޒާރުގެ މެސެޖުގައި ލިޔެފައި ވަނީ، ޖުވެނައިލް ކޯޓް ވެބްސައިޓް ހެކްކޮށްފައި ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު މިހާރު ހިނގާ ހަމަނުޖެހުމާ ގުޅިގެންކަމަށެވެ. އެ އިންޒާރުގައި ވަނީ އިންޑިއާ އިން ރާއްޖެއަށް ވެފައިވާ އެހީތައް ހަނދާން ނައްތާލައިލުމުން އެކަމާ ހިތްހަމަ ނުޖެހޭ ކަމަށެވެ.

"މިއީ އިންޒާރެއް ކަމަށް ބަލައި، ހޭޓް ސްޕީޗް ފެތުރުވަމަކީ އަހަރެމެން ތަހައްމަލް ކުރާނެ ކަމެއް ނޫން. ރާއްޖޭގެ ސައިބާ ސްޕޭސްއަށް ގެއްލުން ދިނުމުގެ ބާރުވެރިކަން އަހަރެމެންގެ އެބަހުރި،" އެ ލިޔުމުގައިވެ އެވެ.

ރާއްޖެ އާއި އިންޑިއާއާއި ދެމެދު ނުތަނަވަސްވުންތަކެއް އުފެދިގެން އުޅެނީ ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، އެގައުމުގެ ލަކްޝައްދީބް ގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ޕޯސްޓްތަކެއް ކުރެެއްވުމުން ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންތަކެެއް މޯދީއަށް ކުޑައިމީސް ކުރައްވައި އެ ޕޯސްޓްތަށް ޝެއާކުރުމާ ގުޅިގެންނެވެ. އެކަންކުރި ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑް ކޮށްފައިވާ އިރު، އިންޑިއާގެ އެކި ފަރާތްތަކުން ދަނީ ދިވެހި ޓޫރިޒަމް ބޯއިކޮޓްކުރުމުގެ ކެމްޕޭނެއް ކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ