logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ސްޓެލްކޯ އިން 4.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން، 14 އަހަރަށް ފަހު ދޮންއަދަރާދަ ހިނގުން ހުޅުވައިފި

ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ، ސްޓެލްކޯގެ ބޭނުމަށް ބަންދުކުރި ދޮންއަދަރާދަމަގު 14 އަހަރަށްފަހު ރޭ އާންމުނަށް ހުޅުވާލައިފިއެވެ.

އެމަގު ބަންދުކުރީ މާލޭގެ އިތުރުވަމުންދާ ކަރަންޓުގެ ޑިމާންޑަށް ކޭޓާ ކުރުމަށްޓަކައި، ކެޕޭސިޓީ އިތުރުކުރުމަށް އޭރު ރާވާފައިވާ ފޯތު ޕަވަރ ޕްރޮޖެކްޓް ފެށުން ލަސްވެ، އެކަމަށް ހައްލެއް ހޯދުމަށްޓަކައި، ދޮންއަދަރާދަ ހިނގުމަށް ވާގޮތަށް އިންޖީނުގެއެއް އެޅުމަށެވެ.

ދޮންއަދަރާދަ ހިނގުމަކީ އަމީނީމަގުގައި ހުންނަ ސްޓެލްކޯގެ ހެޑް އޮފީހާއި އިންވެގެން އޮންނަ މަގެކެވެ. އެމަގު ބަންދުކުރުމަށްފަހު ސްޓެލްކޯގެ 17 އިންޖީނެއް އެތަނުގައި ބެހެއްޓިނަމަވެެސް، މިހާރު ވަނީ އެ އިންޖީނުތައް ހުޅުމާލެއަށް ބަދަލުކޮށްފައެވެ.

އެމަގު ރަސްމީކޮށް ހުޅުވާދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންއާއި، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވީ، އެ މަގު ހުޅުވުމުން ޓްރެފިކް ފްލޯއަށް މި ސަރަހައްދަށް ވަރަށް ބޮޑު ލުއިފަސޭހައެއް ވެގެންދާނެ ކަމަށެވެ.

ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވީ ދޮންއަދަރާދަމަގު ހުޅުވާލުމަށް ސްޓެލްކޯގެ ބަޖެޓުން 4.8 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ