5 ޑިސެމްބަރު 2025

ތާއިދު ދަށްވުމުގެ ސަބަބުން ކެނެޑާގެ ބޮޑުވަޒީރު ޓްރޫޑޯ މިއަދު އިސްތިއުފާ ދެއްވާނެކަމުގެ އަޑުތައް ފެތުރިއްޖެ

މިނިވަން
11 މަސް ކުރިން
ދަ ގްލޯބް އެންޑް މެއިލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންނަ ބުދަ ދުވަހު ބާއްވާ ލިބަރަލް ޕާޓީގެ މުހިންމު ބައްދަލުވުމުގެ ކުރިން ޖަސްޓިން ޓްރޫޑޯ ލިބަރަލް ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވާނެއެވެ. ޓްރޫޑޯ އިސްތިއުފާ ދެއްވުމަށް ގޮވާލާ އަޑުތައް ގަދަވެގެން ދިޔައީ އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ކެނެޑާގެ މުދަލުން 25 އިންސައްތަ ޓެރިފް ނަގާނެ ކަމުގެ އިންޒާރު ދެއްވުމާ ގުޅިގެން، ރައްޔިތުންގެ ކަންބޮޑުވުމަށް ހައްލެއް ހޯއްދަވައިނުދެވި ޓްރޫޑޯއާއި ހިޔާލުތަފާތުވެ މިދިޔަ މަހު ފިނޭންސް މިނިސްޓަރު ކްރިސްޓިއާ ފްރީލޭންޑް އިސްތިއުފާ ދެއްވިކަން އިއުލާނު ކުރެއްވުމާ ގުޅިގެންނެވެ. އޭގެ ފަހުން ޓްރޫޑޯގެ ޕާޓީގެ ތެރޭގައި ހިތްހަމަނުޖެހުން އިތުރުވެ، އާންމުންގެ ރުހުން ހޯދުމުގެ ރޭޓިން ދަށްވެ، ކޮންޒަވޭޓިވް ކޯލިޝަނާ ދެކޮޅަށް ކުރިއަށް އޮތް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމާ މެދު ކަންބޮޑުވުން އުވަނީ އުފެދިފައެވެ. ހަބަރުތައް ބުނާގޮތުން ޓްރޫޑޯ ބޭނުންފުޅުވަނީ އޭނާގެ ޕާޓީން މަގާމުން ދުރުކުރުމުގެ ކުރިން ވަކިވެވަޑައިގަންނަވާށެވެ. ނަމަވެސް ލިބަރަލް ޕާޓީން އާ ލީޑަރަކު ހޮވާއިރު އޭނާ ވަގުތުން އިސްތިއުފާ ދެއްވާނެ ކަމެއް ނުވަތަ ބޮޑުވަޒީރުކަމުގެ މަގާމުގައި ދެމިހުންނާނެ ކަމެއް އަދި ސާފެއް ނުވެ އެވެ. ޓްރޫޑޯގެ ބަދަލުގައި ބޮޑުވަޒީރުކަށް ވާދަކުރެއްވުމުގެ ރޭހުގައި ސަރުކާރުގެ އިސް ބޭފުޅުން ކަމަށްވާ ފޮރިން މިނިސްޓަރު މެލަނީ ޖޯލީ އާއި އިނޮވޭޝަން މިނިސްޓަރު ފްރާންސުވާ-ފިލިޕް ޝެމްޕޭން އަދި ކުރީގެ ސެންޓްރަލް ބޭންކަރު މާކް ކާނީ ހިމެނޭކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި އިންތިގާލީ ލީޑަރެއްގެ ގޮތުގައި ފިނޭންސް މިނިސްޓަރު ޑޮމިނިކް ލެބްލާންކްގެ ނަން ވެސް ހިމަނާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ހިޔާލުހޯދުމުގެ ޕޯލްތަކުން ދައްކާ ގޮތުގައި ޓްރޫޑޯގެ ލީޑަޝިޕްގެ ސަބަބުން ލިބަރަލް ޕާޓީއަށް އާންމުންގެ ތާއީދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެންގަސް ރީޑް އިންސްޓިޓިއުޓްގެ އެންމެ ފަހުގެ  ޕޯލްގައިވާ ގޮތުން ކެނެޑާގެ ބޮޑުވަޒީރަށް އެޕްރޫވަލް ރޭޓިން ލިބިފައިވަނީ އެންމެ 28 ޕަސެންޓުގަ އެވެ. ލިބަރަލް ޕާޓީގެ ލީޑަރުކަމާ ޖަސްޓިން ޓްރޫޑޯ ހަވާލުވެވަޑައިގަތީ 2013 ވަނަ އަހަރު އެ ޕާޓީގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ، ފުރަތަމަ ފަހަރަށް ހައުސް އޮފް ކޮމަންސްގެ ތިން ވަނައަށް އެ ޕާޓީ ވެއްޓިފައިވަނިކޮށެވެ. އެއަށްފަހު 2015 ވަނަ އަހަރު ވެރިކަމަށް ވަޑައިގެން، 2019 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ އިންތިހާބު ލިބަރަލް ޕާޓީއަށް ކާމިޔާބު ކޮށްދެއްވާފައިވެއެވެ. ނަމަވެސް ފަހުގެ ތާރީހެއްގައި އޭނާގެ މަގުބޫލުކަން ދަށަށް ގޮސްފައިވާއިރު، އޭނާގެ އިސްތިއުފާއަށް ގޮވާލަމުން ދަނިކޮށް އިތުބާރު ނެތްކަމުގެ ސިލްސިލާ ވޯޓުން އޭނާގެ ސަރުކާރު ވަނީ ސަލާމަތްވެފަ އެވެ. ޓްރޫޑޯގެ މަގްބޫލުކަމަށް އެއްމެ ބޮޑަށް ދަށަށްދިޔައީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޮޑުވަޒީރުގެ ނައިބު ކްރިސްޓިއާ ފްރީލޭންޑް، ޓްރޫޑޯއާ ދެކޮޅަށް ކެބިނެޓުގެ ތެރެއިން ފާޅުގައި ފާޅުގައި ޚިޔާލު ތަފާތުވެވަޑައިގަތުމުން، އޭނާގެ ލީޑާޝިޕަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވި އެވެ.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙