މިނިވަންމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ސެކްރެޓޭރިއޭޓްގައި ބޮޑުބަދަލު އޮފީސް އުފައްދައިފި އެވެ.
އެ ޕާޓީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އެ ޕާޓީގެ 2026 ވަނަ އަހަރުގެ 4 ވަނަ ދައުރ
ުގެ 35 ވަނަ ޤައުމީ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން ގައުމީ މަޖިލީހުގެ މެންބަރުންގެ ވޯޓާއި ފާސްކޮށްފައިވާ ”ބޮޑު ބަދަލު“ އޮފީސް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޤައުމީ ސެކްރެޓޭރިއަޓުގައި ޤާއިމު ކޮށްފި ކަމަށެވެ.
އަދި ބޮޑުބަދަލު އޮފީހުގެ ޑައިރެކްޓަރ ޖެނެރަލް އަކީ އަލްއުސްތާޛް ޙަސަން ލަޠީފް ކަމަށްވެސް އެ ޕާޓީގެ އިއުލާނުގައި ބުނެފައި ވެއެވެ.