5 ޑިސެމްބަރު 2025

އިންޑިއާއިން އާ ސަފީރަކު ރާއްޖެއަށް ކަނޑައަޅުއްވައިފި

މިނިވަން
11 މަސް ކުރިން
އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ ޖީ. ބާލަ ސުބްރަމާނިއަން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީގައިއޮތް އޮތް ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދަންނަވާފައެވެ. އަދި އެ ރަސްމިއްޔާތައްފަހު ދެބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމުގައި އިންޑިއާގެ އައު ސަފީރު ވަނީ އިންޑިއާގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ ނަރެންދްރަ މޯދީ އާއި އަދި އެ ޤައުމުގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ހިޒް އެކްސަލަންސީ ޑޮކްޓަރ ސުބްރަމާނިއަމް ޖައިޝަންކަރްގެ ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާއަށް އަރިސްކުރައްވާފައެވެ. އިންޑިއާގެ އައު ސަފީރާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން ‌‏ތަރައްޤީގެ މަގުގައި އެއްބާރުލުންދިނުމާއި އިންޑިއާ ސަރުކާރުން ދިވެހިރާއްޖޭގައި ހިންގާ މަޝްރޫޢުތަކާއި އެކި ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި އިންވެސްޓްމަންޓުތައް އިތުރުކުރުމާއި އަދި ދެޤައުމުގެ ދޭދޭ ފަރުދުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ‏ގުޅޭގޮތުން ދެ ބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ. އިންޑިއާއިން އައު ސަފީރަކު ކަނޑައަޅުއްވާފައިމިވަނީ ރާއްޖެއަށް އިންޑިއާއިން ކަނޑައަޅުއްވާފައިހުންނެވި ސަފީރު މުނޫ މަހާވްރު ގެ ސަފީރުކަމުގެ ދައުރު މިދިޔަ ޑިސެމްބަރު މަހު ހަމަވުމާގުޅިގެންނެވެ.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙