22 ޖެނުއަރީ 2025

ޗައިނާގައި އެކަހެރިކޮށް އޮންނަ ޓިބެޓް ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އައިސް އިމާރާތެއް ވެއްޓި ނުވަ މީހުން މަރުވެއްޖެ

މިނިވަން
14 ދުވަސް ކުރިން
މިއަދުގެ ހެނދުނު ޗައިނާގައި އެކަހެރިކޮށް އޮންނަ ޓިބެޓް ސަރަހައްދަށް 7.1 މެގްނިޓިއުޓްގެ ބާރުގަދަ ބިންހެލުމެއް އައިސް އިމާރާތެއް ވެއްޓި ނުވަ މީހުން މަރުވެއްޖެ ނޭޕާލްގެ ބޯޑަރު ކައިރީގައި އޮންނަ ޓިބެޓް ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން މިހާރުވެސް ކުދި ބިންހެލުންތައް އެސަރަހައްދަށް އަންނަމުންދާކަމަށް ރިޕޯޓްތައް ބުނެފައިވެއެވެ. އެގޮތުން ހެނދުނު 10:00 އާ ހަމައަށްވެސް އާފްޓަރޝޮކް ބިންހެލުމެއް އެއްމެ ބާރުގަދަކޮށް އައިސްފައިވަނީ 4.4 މެގްނިޓިއުޑްގައެވެ. މި ބިންހެލުމާ ގުޅިގެން ޓިބެޓް ސަރަހައްދުގެ ގިނަ އިމާރާތްތަކެއް ވަނީ ވެއްޓިފައިވާކަމަށް ޗައިނާގެ ދައުލަތުގެ ބްރޯޑްކާސްޓަރު ސީސީޓީވީން ބުނެފައިވެއެވެ. ސީއީއެންސީން ބުނި ގޮތުގައި މި ބިންހެލުމަކީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި އެ ސަރަހައްދަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. މިއަދު ހެނދުނު 06:35:16 ގައި ނޭޕާލްގެ ލޯބުޗޭގެ އިރުއުތުރުން 93 ކިލޯމީޓަރު ދުރުން ރިކްޓާ މިންގަނޑުން 7.1 މެގްނިޓިއުޑްގެ ބިންހެލުމެއް  އައިސްފައިވެއެވެ.    

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙