ދަރިވަރެއް ގްރޫމް ކުރިމައްސަލާގައި ހައްޔަރުން ދޫކޮށްލި މީހާ އަލުން ހައްޔަރުކުރުމަށް ހައިކޯޓުން އަމުރު ކޮށްފި
މިނިވަން
13 ދުވަސް ކުރިން
މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު ފެންމަތިވި މެދު ރާއްޖެތެރޭގެ ރަށޭއްގެ ޓީޗަރެއް ދަރިވަރުންތަކެއް ގްރޫލްކުރި މައްސަލާގައި ހައްޔަރުކުރި ޓީޗަރ ބަންދުން ދޫކޮށްލި މައްސަލަ ބެލުމަށްފަހު އަލުން ހައްޔަރުކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.
ހައިކޯޓުން އެ މައްސަލާގައި އިއްޔެ ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ޝަރުތުތަކެއް ކުރުމަށްފަހު މިދިޔަ އަހަރުގެ ޑިސެމްބަރ މަހު އެ މީހާ ބަންދުން ދޫކޮށްލާފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި، އެހެންކަމުން އޭނާ އަލުން 7 ދުވަހަށް ބަންދުކުރުމަށްފަހު އެ މުއްދަތުގެ ތެރޭގައި ދަށު ކޯޓުން އަލުން އެ މައްސަލައާއި މެދު ގޮތެއް ނިންމުމަށެވެ.
ގްރޫމްކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިތޔަ އަހަރުގެ އޮކްޓޯބަރ 17 ގައިއެވެ. އެ މައްސަލައާއި ގުޅިގެން އެމީހާ ފުލުހުން ހައްޔަރުކޮށްފައިވަނީ އެ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި ހައްޔަރުކުރުމަށްފަހު ބަންދުގެ މުއްދަތު 2 ފަހަރެއްގެ މަތިން ޖަހާފައިވެއެވެ. އެގޮތުން ފުރަތަމަ ބަންދުގެ މުއްދަތު ޖަހާފައިވަނީ 20 ދުވަހަށެވެ. އެއަށްފަހު އިތުރު 30 ދުވަހަށް ބަންދުކުރުމަށްފަހު އެމީހާ ބަންދުން ދޫކޮށްލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ 18 ވަނަ ދުވަހުއެވެ.
ފުލުހުން ބުނެފައިވަނީ ގުރޫމް ކުރި މައްސަލާގައި ހައްޔަރުކޮށްފައިވާ 29 އަހަރުގެ މީހާގެ މައްޗަށް ދައުވާކޮށްދިނުމަށްއެދި މިދިޔަ ޑިސެމްބަރ މަހުގެ ޑިސެމްބަރު މަހުގެ 25 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށެވެ.