24 ޖެނުއަރީ 2025

ޗައިނާ އާއި ފްރާންސް އިންވެސް އެމްޕޮކްސް ގެ އާ ވޭރިއަންޓް ފެނިއްޖެ

މިނިވަން
14 ދުވަސް ކުރިން
އެމްޕްކްސް ގެ އާ މިއުޓޭޓެޑް އެމްޕޮކްސް ސްޓްރެއިން ކްލޭޑް 1ބީ ޗައިނާ އާއި ފްރާންސް އިން ފެނިއްޖެ ކަމަށް އެ ގައުމު ތަކުގެ ސިއްހީ އިދާރާތަކުން ބުނެފިއެވެ. ޗައިނާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ދިރިއުޅޭ މީހެއްގެ ހަށިގަނޑުން ފެނުނު އިންފެކްޝަނާއެކު ސަބްކްލޭޑްގެ ކްލަސްޓާ އައުޓްބްރޭކެއް ފެނިފައިވާ ކަމަށެވެ. އެގޮތުން އެމީހާއާ ކްލޯސް ކޮންޓެކްޓްވެގެން ބަލި ޖެހުނު މީހުންގެ ތެރެއިން އިތުރު ހަތަރު މީހަކު ވަނީ ފެނިފައެވެ. ޗައިނާއިން މިދިޔަ އަހަރުގެ އޮގަސްޓް މަހު ބުނެފައި ވަނީ އެމްޕޮކްސް އަށް އެ ގައުމަށް އެތެރެވާ މީހުންނާއި މުދާ މޮނިޓާ ކުރާނެ ކަމަށެވެ. ފްރާންސް އިން ބަލިޖެހިފައިވާ މީހާއާހަވާލާދީ އޭއެފްޕީން ބުނެފައިވަނީ އެ މީހާ އަކީ ސެންޓްރަލް އެފްރިކާއަށް ދަތުރުކޮށްފައި ނުވާ މީހެއް ކަމަށާއި ނަމަވެސް އެ ސަރަހައްދުން އެނބުރި އައި ދެ މީހަކާ ކޮންޓެކްޓްވެފައިވާ ކަމަށެވެ. އޭއެފްޕީން ބުނި ގޮތުގައި ބަލި ފެތުރެން މެދުވެރިވި ސަބަބު ސިއްހީ އިދާރާތަކުން ބަލަމުން އަންނަ އިރު، ކޮންޓެކްޓްވީ އެންމެން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ޖަރުމަނުވިލާތުން ވެސް ފުރަތަމަ ކޭސް ވަނީ ފެނިފައެވެ.
An error has occurred. This application may no longer respond until reloaded. Reload 🗙