5 ޑިސެމްބަރު 2025

ސަރުކާރު ވައްޓާލަން މަސައްކަތްކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން: މަޖިލިސް ރައީސް އަބްދުއްރަހީމް

މިނިވަން
10 މަސް ކުރިން
ގާނޫނީ ސަރުކާރެއް ހިނގަމުންދަނިކޮށް ގާނޫނީ އިމުގެ ބޭރުން ސަރުކާރު ވައްޓާލަން މަސައްކަތްކޮށްގެން ނުވާނެކަމަށާއި އެއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ. ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މަޖިލިސް ރައީސް އަބްދުއްރަހީމް ވިދާޅުވީ މަގުމަތިން ސަރުކާރު ވައްޓާ ނުލެވޭނެ ކަމަށާއި ރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮތް ގޮތުން ވެރިކަން ބަދަލުކުރުމުގެ ފުރުސަތު ކޮންމެ ފަސް އަހަރަކުން ރައްޔިތުންނަށް ލިބިގެންދާ ކަމަށެވެ. އަދި  2012 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓުނީ މަގުމަތިން ކަމަށް ބުނި ނަމަވެސް، އެއީ އެކަން ހިނގާދިޔަ ގޮތް ނޫން ކަމަށާއި، އެ ދުވަހުގެ ހާލަތު ހަމަޔަކަށް އަޅުވަން ސަލާމަތީ ބާރުތަކަށް އެންގެވިނަމަ، އެ ސަރުކާރު ނުވެއްޓޭނެ ކަމަށެވެ.
އެހެންވީމާ އެ ފުރުސަތަށް އިންތިޒާރުކޮށްލައްވާށޭ. ގާނޫނީ ސަރުކާރެއް ހިނގަމުންދަނިކޮށް ގާނޫނީ އިމުގެ ބޭރުން ސަރުކާރު ވައްޓާލަން މަސައްކަތްކޮށްގެން ނުވާނެ، އެއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ގާނޫނީ އިމުގެ ބޭރުން ސަރުކާރު ވައްޓާލަން ހިތްވަރުދިނުމަކީ ގައުމަށް ވެވޭ ހިޔާނާތެއް ކަމަށާއި، މަގުމަތިން ވެރިކަން ވައްޓާނުލެވޭނެ ކަމަށާއި، އެއީ ލކުރެވޭނެކަމެއް ނޫން ކަމަށެވެ. ގާނޫނު އަސާސީގެ ދިފާއުގައި މި މަހުގެ 31 ގައި އިހުތިޖާޖަށް ނިކުންނަން އެމްޑީޕީން ވަނީ ނިންމާފަ އެވެ.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙