އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަނުކުރުމަށް ޒާހިދު އާއި ސަލާހް އަށް މަޖިޅީހުގެ ރުހުންދީފި
މިނިވަން
10 މަސް ކުރިން
އިލެކްޝަންސް ކޮމިޝަން ގެ ހުސްވެފައިވާ މެންބަރުކަމުގެ 2 މަގާމަށް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި 2 ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ހުސްވެފައިވާ މެމްބަރުކަމުގެ 2 މަގާމަށް އައްޔަނުކުރަން މަޖިލީހުގެ ރުހުން ހޭއްދެވުމަށް ރައީސް ޑރ.މުއިއްޒު ފޮނުވާފައިވާ ދެ ބޭފުޅުންނަކީ ކުރީގެ އެޗްއާރސީއެމް ގެ މެމްބަރުކަން ކުރެއްވި މުޙައްމަދު ޒާހިދު އާއި އަބްދުއްރަހްމާން ސަލާހް ރަޝީދު އެވެ. އެ 2 ބޭފުޅުންނަށްވެސް މިއަދު މަޖިލީހުގައި ނެގި ވޯޓުގައި މެންބަރުކަމަށް އެ ދެ ބޭފުޅުން އައްޔަންކުރަން ފެންނަކަމަށް 68 މެންބަރުން ވޯޓް ދެއްވާފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން 2 މަގާމެއް ހުސްވީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެ، ގާނޫނާ ޚިލާފު އެތައް ކަމެއް ކުރިކަމުގެ ބޮޑެތި ތުހުމަތުތަކާ ގުޅިގެން ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފް މަގާމުން ވަކިކުރުމުންނެވެ.
މިއަދު އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމުގެ މަގާމަށް އައްޔަނުކުރުމަށް ފެންނަކަމަށް މަޖިލީހުން ފާސްކުރި ބޭފުޅުންގެ ތެރެއިން ޞަލާހަކީ ކުރިން އީސީގެ ސެކެރެޓްރީ ޖެނެރަލްގެ މަގާމާއި ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓްރީގެ މަގާމު ވެސް އަދާކުރައްވާފައިވާ ފަރާތެކެވެ.