22 ޖެނުއަރީ 2025

ސައިފްއަލީ ޚާން އަށް މަރުގެ ހަމަލާ ދިންމީހާ ހޯދައިފި، އެއީ ބަނގުލަދޭޝް މީހެއް

ވިޝާން އަޙްމަދު
2 ދުވަސް ކުރިން

ބޮލީވްޑްގެ ސްޕަރ ސްޓަރ ސައިފް އަލީ ޚާންގެ ގެއަށް ވަދެ ވަޅިން ހަމަލާދީ ދިން މީހާ ހައްޔަރުކޮށްފައިވާ ކަމަށާއި، އެމީހާއަކީ ބަނގުލަދޭޝް މީހެއްކަމަށް މުމްބާއީގެ ފުލުހުން ބުނެފި އެވެ.

މުމްބާއި ފުލުހުން ބުނެފައިވަނީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މުހައްމަދު ޝަރީފުލް އިސްލާމް ޝެހެޒާދު ކިޔާ ބަނގުލަދޭޝް މީހެއް ކަމަށާއި، ނަމަވެސް އެ މީހާ އިންޑިއާގައި އުޅެމުން ގޮސްފައިވަނީ އޭނާގެ ނަން އޮޅުވާލައި ބިޖޯއި ދާސް ގެ ނަމަށް ބަދަލުކޮށްގެން ކަމަށެވެ. އަދި އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮސްފައިވާ ގޮތުގައި އެ މީހާ އަކީ މުމްބާއީގެ ރެސްޓޯރަންޓެއްގައި ވެއިޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ.

މި މަހުގެ 16 ވަނަ ދުވަހުގެ ދަންވަރު ސައިފް އަލީ ޚާން ދިރިއުޅޭ ގެއަށްވަދެ ވަށްކަން ކުރަން އުޅެނިކޮށް ސައިފް އަށް ހޭލެވި އެމީހާ އާއި ކުރިމަތިލައި ހިނގި މާރާމާރީގައި ސައިފްގެ ހަށިގަނޑުގެ 6 ތަނަކަށް އެމީހާ ވަޅިން ހަމަލާދީފައިވެއެވެ. މީޑިއާތަކުން ބުނީ ސައިފަށް ހަމަލާ ދިން މީހާ ފުލުހުން އަތުލައިގަތީ މިއަދުގެ ވަރަށް ހެނދުނުގެ ވަގުތެއްގައި ކަަމަށާއި އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރު ކުރާނެ އެވެ.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙