20 ޖެނުއަރީ 2025

ޕީއެންސީއަށް ވަގަށް ވެއްދިކަމަށް 3000 މީހުންގެ ޝަކުވާ އެމްޑީޕީއަށް ހުށަހަޅައިފި:އެމްޑީޕީ

މުޙައްމަދު ޢާރިފް
1 ދުވަސް ކުރިން

ޕީއެންސީއަށް ވަގަށް ވެއްދިކަމަށް 3000 އަށްވުރެ ގިނަ މީހުން ޝަކުވާ އެމްޑީޕީއަށް ހުށަހަޅާފައިވާކަމަށް އެޕާޓީން ބުނެފިއެވެ.

އެ ޕާޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ލީގަލް ޑިރެކްޓަރު މަހްފޫޒް ސައީދު ވިދާޅުވީ ވަގު ފޯމު ފުރައިގެން ޕީއެންސީއަށް މީހުން ވެއްދި މައްސަލައަކީ އާންމުންގެ ޒާތީ މައުލޫމާތުން ވައްކަންކޮށްގެން ކޮށްފައިވާ ކަމަކަށްވާތީ އެކަމަކީ އާންމު މަސްލަހަތު ހިމެނޭ މައްސަލައެއް ކަމަށްވާތީ، ޕްރޮސެކިއުޓާ ޖެނެރަލް އައްބަސާ ޝަރީފު ވެސް އެ މައްސަލަ ތަހުގީގުކޮށްދިނުމަށް ތަހުގީގީ މުވައްސަސާތަކުގެ މައްޗަށް އަމުރު ކުރައްވަން ޖެހޭ ކަމަށެވެ.

މި މައްސަލައިގައި މިހާތަނަށް ތިންހާސް ޝަކުވާ ލިބުނު ކަމުގައިވީ ނަމަވެސް، އަޅުގަނޑުމެންނަށް މިހާރު ބެލެވޭ ގޮތުން އެ އަދަދު އެއަށްވުރެ އިތުރުވެގެން ދާނެ، އެހެންވީމަ މި މައްސަލަތައް ތަހުގީގު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އަމުރު ކުރައްވަން ޖެހޭ ކަމަށް އަޅުގަނޑުމެންނަށް މި ފެނުނީ." " މަހުފޫޒް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ގާނޫނީ ޓީމުން ފާހަގަކުރެއްވި ގޮތުގައި 3000 ޝަކުވާތަކުގެ ތެރެއިން ބައެއް ޝަކުވާތަކަކީ މީހުންގެ ސޮއި ފޯޖްކޮށްގެންނާއި އައިޑީ ކާޑުގެ ފޮޓޯ ބޭނުންކޮށްގެން އެ ފަރާތްތަކަށް ނޭނގި ޕީއެންސީއަށް ވައްދާފައިވާތީ ހުށަހަޅާފައިވާ ޝަކުވާތައް ކަމަށެވެ. އެ ޕާޓީގެ ގާނޫނީ ޓީމުގެ މެމްބަރ ޝިޔާމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 49 ވަނަ މާއްދާގައި ސިޔާސީ ޕާޓީއެއްގެ މެންބަރުކަމަށް، ގަވާއިދާ ހިލާފަށް މީހެއްގެ ނަން ހުށަހަޅައިފިނަމަ އެކަން ކުރި ފަރާތެއް 5000 ރުފިޔާ އާއި 10000 ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

ދެން ފިންގާ ޕްރިންޓް ފޯޖުކޮށްފައި އެބަހުރި ކަމަށް ތުހުމަތު އެބަކުރޭ އެ ޕާޓީ މެންބާޝިޕް ކަމަށް ފޯމު ހުށަހެޅި ކަމަށް ބުނާ ފަރާތުން" ޝިޔާމް ވިދާޅުވި އެވެ.

އެމްޑީޕީގެ ގާނޫނީ ޓީމުގެ މެމްބަރ ޝިޔާމު ވިދާޅުވީ އޮޅުވާލައިގެން މެންބަރުން ޕީއެންސީއަށް ވައްދާފައި ވަނީ ސަރުކާރުގެ މުވައްސަސާ ތަކާއި އިދާރާތައް ގުޅިގެން ކަމަށާއި އެއީ ޕީއެންސީއަށް އެކަނި ކުރެވޭނެ ވަރުގެ ކަމެއް ނޫންކަމަށާއި، އަދި އެކަމަކީ އިދާރީ ކުށަކުން ނުވަތަ އިދާރީގޮތުން އެޅުނުފިޔަވަޅެއްގެ ސަބަބުން ހިނގާފައިވާ ކަމެއް ނޫންކަމަށެވެ.

މިއީ ހަމައެކަނި ޕީއެންސީން، ހަމައެކަނި ޕާޓީއަކުން ކުރެވޭނެ ކަންތައްތަކެއް ނޫން މިއީކީއެއް. މިއީ ސަރުކާރުގެ އިދާރާތަކުން ރާވައިގެން އިންތިޒާމު ކޮށްގެން ހިންގާފައި އޮތް ބޮޑު ޖަރީމާއެއް ކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ، މިއީ އިދާރީ ގޮތުން އެޅިފައެއް ގޯހެއް ނޫން. ނޫނީ އިދާރީ މިސްޓޭކެއް ނޫން. ނޫނީ ނޭގިގެން ކޮށްގެން އުޅޭ ކަމެއް ނޫންކަން އަޅުގަނޑު ހަމަ ފާހަގަކުރަން." ޝިޔާމް ވިދާޅުވި އެވެ.

ސައްހަ ނޫން ފޯމްތަކެއް ހުށަހެޅި މައްސަލަ އިލެކްޝަން ކޮމިޝަނުން ބަލަމުން އަންނަ އިރު، ޕާޓީތަކަށް މީހުން ވެއްދުން ވަގުތީ ގޮތުން މިހާރުވަނީ އިލެކްޝަންސް ކޮމިޝަނުން މަޑުޖައްސާލައިފަ އެވެ. އަދި ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް ޑީއެންއާރގެ ޑާޓާބޭސް ބޭނުންކޮށްގެން ރައްޔިތުންގެ ޒާތީ މައުލޫމާތު ވަގަށް ބޭނުންކޮށްފައިވާކަމަށް ބުނެ ހޯމް މިނިސްޓަރ އަލީ އިހްސާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ވަނީ ރައްޔިތުންގެ މަޖިލިސް އަށް ހުށަހަޅާފައެވެ.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙