21 ޖެނުއަރީ 2025

އައްޑޫއަށް އައި ސީލްއަށް ފުލުހުން ހިމާޔަތް ދީފި

މިނިވަން
2 އަހަރު ކުރިން
އައްޑޫއަށް އެރި ސީލްއަށް ފުލުހުން ހިމާޔަތް ދީފިއެވެ. އިއްޔެގެ ވަގުތެއްގައި މި ސީލް ފެނިފައިވަނީ އައްޑޫސިޓީ ހިތަދޫ ކަނބިހާ ސަރަހައްދު ގޮނޑުދޮށުންނެވެ. ސީލް އައިގޮތަށް އޮތީ މޫދާ މާ ދުރުނޫން ހިސާބެއްގައި އެއްގަމުގައި އޮތް އާނު ގަނޑެއްގެ މަތީގައެވެ. އިއްޔައިން ފެށިގެން ސީލް އޮތީ އެތާނގައެވެ. ސީލް ބެލުމަށް ގިނަ އަދަދެއްގެ ބަޔަކު އެތަށް ގޮސް އެސޮރަށް ކާންދޭން އުޅޭ މައްޒަރުވެސް ފެނެއެވެ. އަދި ދަނޑިން އެ ސޮރު މޫދަށް ބާލަން އުޅޭ މަންޒަރުވެސް ބައެއް ފޮޓޯތަކުން ފެނެއެވެ. އީޕީއޭއިން ވަނީ ސީލް އަށް އެއްވެސް ގޯނާއެއް ނުކޮށް އެ ސޮރު އެގޮތުގައި ބޭއްވުމަށް އިލްތިސާމްކޮއްފައެވެ. އަދި ދެތިން ދުވަހު އުޅުމަށްފަހު އޭގެ އަސްލު މާހައުލަށް ދާނެ ކަމަށް އީޕީއޭއިން ބުނެއެވެ. "ރާއްޖެއަށް އެކި ފަހަރު މަތިން ބެހިގެން އަންނަ ސީލްފަދަ ޖަނަވާރު ހިފަންއުޅެ، މިފަދަ ދިރުންތަކަށް އުނދަގޫކޮށް، ގޯނާއެއްވާ އެއްވެސް އަމަލެއް ނުކުރުމަށް މި އެޖެންސީއިން އިލްތިމާސް ކުރަމެވެ. އަދި މިބާވަތުގެ ސީލް އަކީ އިންސާނުންނަށް ނުރައްކާތެރި ޖަނަވާރެއްނޫންކަން ފާހަގަކުރަމެވެ." އީޕީއޭއިން ބުންޏެވެ. ސީލްއަށް ބައެއް ފަރާތްތަކުން ގޯނާ ކުރަމުންދާތީ ފުލުހުން މިހާރު ގެންދަނީ ޓޭޕް ދަމައިގެން އެސޮރަށް ހިޔާޔަތް ދެމުންނެވެ.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙