20 ޖެނުއަރީ 2025

މިދިޔަ އަހަރު 5.2 ބިލިއަން ރުފިޔާގެ ލޯނު ނެގި: ފިނޭންސް މިނިސްޓްރީ

މުޙައްމަދު ޢާރިފް
1 ދުވަސް ކުރިން

މިދިޔަ އަހަރު ދައުލަތުން ޖުމްލަ 5.2 ބިލިއަން ރުފިޔާގެ ލޯނު ނަގާފައިވާކަން ފައިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

އެ މިނިސްޓްރީން ހާމކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ސަރުކާރުން ޖުމްލަ 9 ލޯނެއް ނަގާފައިވެއެވެ. އޭގެ ތެރޭގައި ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓާއި، އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް އާއި އެކްސްޕޯޓު އިމްޕޯޓު ބޭންކް އޮފް ޗައިނާ (ޗައިނާ އެގްޒިމް) ނަގާފައި ލޯނުތައް ހިމެނެއެވެ.

މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން ލޯނުގެ ގޮތުގައި ނަގާފައިވާ 334 މިލިއަން ޑޮލަރު (5.2 ބިލިއަން ރުފިޔާ) ގެ ތެރެއިން އެންމެ ބޮޑު ލޯނެއް ނަގާފައިވަނީ ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ކަމަށެވެ. އެބޭންކުން 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގެ ލޯނު ނަގާފައިވާއިރު، ދެން އެންމެ ބޮޑު ލޯނެއް ނަގާފައިވަނީ އެކްސްޕޯޓު އިމްޕޯޓު ބޭންކް އޮފް ޗައިނާ (ޗައިނާ އެގްޒިމް) ބޭންކުންނެވެ. އެ ބޭންކުން ނެގާފައިވަނީ 75 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) އެވެ. 3 ވަނައަށް އެންމެ ބޮޑު ލޯނެއް ނެގީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) އިންނެވެ. އެ ބޭންކުން ނެގި ދެ ލޯނަނަކަށް 40 މިލިއަން ޑޮލަރު (617 މިލިއަން ރުފިޔާ) އަރަ އެވެ.

މިދިޔަ އަހަރު ނަގާފައިވާ 80 އިންސައްތަ ލޯނަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ތަރައްގީގެ މަޝްރޫޢުއަށް ނަގާފައިވާ ލޯނެވެ.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙