20 ޖެނުއަރީ 2025

ޖަރުމަނުގެ ޓެކްސީތަކުގައި ދިވެހިރާއްޖެ

މުޙައްމަދު ޢާރިފް
11 ގަޑިއިރު ކުރިން

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށްޓަކައި އަންނަމަހު ޖަރުމަނު ވިލާތުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ ދުނިޔޭގެ ޓޫރިޒަމް އެއްމެ ބޮޑު ފެއާ ކަމަށްވާ އައިޓީބީ ފެއާ އާއި ދިމާކޮށް ޖަރުމަނުގެ ވެރިރަށުގެ ޓެކްސީތަކުގައި ދިވެހި ރާއްޖޭގެ އިސްތިހާރުތައް ހަރުކުރުމަށް މޯލްޑިވްސް މާކެޓިން ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން ނިންމައިފިއެވެ.

ރާއްޖެ ޕްރޮމޯޓް ކުރުމަށް ކުރިއަށްގެންދާ އެ ޚަރަކާތުގައި ޖަރުމަންގެ ވެރިރަށް ބާލިންގައި ދުއްވާ 200 ޓެކްސީއެއް ބޭނުން ކުރާނެ ކަމަށާއި އަދި މި ކެމްޕޭންގައި ބާލިންގައި ފާހަގަކޮށްލެވޭ ސަރަހައްދުތަކެއްގައި ބިލްބޯޑްތަކެއް ހަރުކުރުމަށް ހަމަޖެހިފައިވާއިވާކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

 އަންނަ މަހުގެ 7 އިން ފެށިގެން މާރިޗް މަހުގެ 13 ގެ ނިއަލަށް އެހަރަކާތް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށާއި އެ ދުވަސްވަރަކީ ބާލިން އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް އާއި ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ މަޝްހޫރު ޓްރެވަލް ޓްރޭޑް ޝޯ ކަމަށްވާ އައިޓީބީ ބާލިން ފެއާ ވެސް ކުރިއަށް ދާ ދުވަސްވަރު ކަމަށްވާތީ އެދުވަސްވަރު 600،000 ވުރެ ގިނަ މީހުން ބާލިންއަށް ދަތުރުކުރާނެކަމަށް ބެލެވޭ ކަމަށް އެމްއެމްޕީއާރުސީ އިން ބުނެފައިވެއެވެ.

ޓެކްސީތަކުގައި އިސްތިހާރު ޖެހުމުގެ އިތުރުން އައިޓީބީ ފެއާގެ އެކިއެކި ހަރަކާތްތަކުގެ ތެރެއިން، އެމްއެމްޕީއާރުސީ އިން ޓްރެވަލް ޓްރޭޑާއި މީޑިއާއާއި ގުޅިގެން މަސައްކަތް ކުރާނެ ކަމަށާއި، އެގޮތުން ޓޫރިޒަމް ސިނާއަތާ ގުޅޭ ސެމިނާތަކާއި ޕެނަލް ޑިސްކަޝަންތަކުގެ އިތުރުން މީޑިއާ އާއި ނޫސްވެރިންނަށް ހާއްސަ އިވެންޓެއް ކަމަށްވާ އައިއެމްއެމް ޖަރުމަނުގައި ބައިވެރިވުން ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙