23 ޖެނުއަރީ 2025

ޓިކްޓޮކް ވީޑިއޯ ނަގަން ކޮށްޓަށް ވަނުމުން ސިންގާ ހަމަލާދީ ޒަހަމްކޮށްލައިފި

ވިޝާން އަޙްމަދު
14 ގަޑިއިރު ކުރިން

ސިންގާ އެއް އޮތް ކޮށްޓެއްގައި ޓިކްޓޮކް ވީޑިއޯއެއް ނަގަން އުޅުމުގެ ތެރޭގައި ސިންގާ ހަމަލާދީ ޕާކިސްތާނުގެ ޒުވާނަކު ޒަހަމްކޮސްލައިފިއެވެ.

މިކަން ހިނގާފައިވަނީ ޕާކިސްތާނުގެ ލާހޯރުގެ ސަބްޒާޒާރު ސަރަހައްދުގައި ހުންނަ ބްރީޑިން ފާމެއްގައި މުހައްމަދު އަޒީމް ކިޔާ އުމުރުން 20 އަހަރުގެ ޒުވާނަކު އެ ސިންގާ އޮތް ކޮށި ތެރެއަށް ވަދެ ޓިކްޓޮކް ވީޑިއޯ ނަގަން އުޅުމުގެ ތެރޭގައި ކަމަށާއި، އެ ޒުވާނާ ސިންގާ އޮތް ކޮށީގެ ތެރެއަށް ވަނީ އެ ކޮށީގެ ވެރި ފަރާތުގެ ހުއްދަ ނެތިކަމަށް ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.

ޕާކިސްތާނުގެ މީޑިއާތަކުން ބުނެފައިވަނީ އެ ޒުވާނާއަށް ސިންގާ ހަމަލާދޭ މަންޒަރު ފެނުމާއެކު ކޮށީގެ ވެރިމީހާ ވަގުތުން ގޮސް ސިންގާ ހުއްޓުވައި އެ ޒުވާނާ ސަލާމަތްކޮށްފައިވީނަމަވެސް އެ ޒުވާނާ ވަރަށް ބޮޑަށް ޒަހަމް ވެފައިވާ ކަމަށާ އަދި އެ ޒުވާނާ ވަގުތުން ހޮސްޕިޓަލް ގެންގޮސްފައިވާކަމަށް ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ ޕަންޖާބު ސަރުކާރުން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅާފައެވެ.  އެގޮތުން ސީނިއާ މިނިސްޓަރު މަރިޔަމް އައުރަންގްޒޭބް ވަނީ ކޮށީގެ ވެރިފަރާތާ ދެކޮޅަށް ގާނޫނީ ގޮތުން ފިޔަވަޅު އެޅުމުގެ އިތުރުން އޭނާގެ ބްރީޑިން ލައިސަންސް ބާތިލުކުރިކަން ވެސް އިއުލާނު ކޮށްފަ އެވެ.  

Comments

އެދުރު

13 ގަޑިއިރު ކުރިން

ކޮށީގެ ވެރިފަރާތުގެ ހުއްދަނެތި ވަނީ. އެކަމަކު އާޚިރުގައި ކުށްވެރި މިވީ ވެރިފަރާތް. ހާދަ އިންސާފުވެރިއޭ.

An error has occurred. This application may no longer respond until reloaded. Reload 🗙