23 ޖެނުއަރީ 2025

އެމްޑީޕީގެ ފަރާތުން ފުލުސް އޮފީހަށް ހުށަހަޅާފައިވާ މައަސަލަތަށް ކުރިއަށްނުދާތީ އެމްޑީ ގެ ގާނޫނީ ޓީމުން ޕޮލިހަށް

ވިޝާން އަޙްމަދު
13 ގަޑިއިރު ކުރިން

އެމްޑީޕީ ގެ ފަރާތުން ފުލުސް އޮފީހަށް ހުށަހަޅާފައިވާ މައަސަލަތަށް ކުރިއަށްނުދާތީ އެމްޑީ ގެ ގާނޫނީ ޓީމުން މިއަދު ހެނދުނު ޕޮލިހަށް ގޮސްފިއެވެ.

އެމްޑީގެ ފަރާތުން ސަރުކާރާ އަދި ސަރުކާރު ހިންގާ ޕާޓީއާއި ގުޅުންހުރި މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅާފައިވީނަމަވެސް އެ މައަސަލަތައް ފުލުހުންގެ ފަރާތުން ބަލަމުން ދާކަން އެ ޕާޓީއަށް އަންގާފައިނުވާތީ އެ ޕާޓީގެ ފަރާތުން މިއަދު ހެނދުނު ވަނީ ފުލުހުންގެ މައި އިދާރާއަށް ގޮސްފައެވެ.

މީގެ ކުރިން އެ ޕާޓީގެ ނޫވެސްވެރިންގެ ބައަދަލުވުމެެއްގައި އެ ޕާޓީގެ ގާނޫނީ ޓީމުގެ ފަރާތުން ބުނެފައިވަނީ ސަރުކާރުގެ ބައެއް މުވައްސަސާތަކާއި ކުންފުނިތަކާއި، ހާއްސަކޮށް އެޗްޑީސީގެ މައަސަލަތަކަކާއި ޑީއެންއާރު ގެ މައަސަލަތަކެއް އެ ޕާޓީގެ ފަރާތުން ފުލުހުންގެ ސަމާލުކަމަށް ގެނެސް ތަހުގީގު ކޮށްދިނުމަށް އެދިފައިވާނެ ކަމަށާއި، ނަމަވެސް ފުލުހުންގެ ފަރާތުން އެ ކަންކަމާ ގުޅިގެން އެއްވެސް އިޝާރާތެއް ވެފައި ނުވާ ކަމަށެވެ.

އެހެންކަމުން މިއަދުގެ 10:30 އަށް އެ ޕާޓީގެ ފަރާތުން އެ މައަސްލަތަކުގެ އަދާހަމަ ބެލުމަށްޓަކައި ފުލުހުންގެ މައި މަރުކަޒަށް މިއަދު ވަނީ ގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙