23 ޖެނުއަރީ 2025

ރޫހާނީ ފަރުވާކަމަށްބުނެ އެސްޓްރޮލޮޖީ މަސައްކަތް ކުރަމުންއައި ބިދޭސީންތަކެއް ހައްޔަރުކޮށްފި

ވިޝާން އަޙްމަދު
3 ގަޑިއިރު ކުރިން

ރޫހާނީ ފަރުވާކަމަށްބުނެ އެސްޓްރޮލޮޖީ މަސައްކަތް ކުރަމުންއައި ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަނުން އެކަން ހާމަކޮށް އެކްސް ގައި ކޮށްފައިވާ ޕޯސްޓް ގައި ބުނެފައިވަނީ ޤަވާއިދާ ޚިލާފަށް އެސްޓްރޮލޮޖީ ފަރުވާ ދެމުންއައި މައްސަލައެއްގައި އިއްޔެ 3 ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އަދި އެ މީހުން ޑީޕޯޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން ދާ ކަމަށެވެ. އަދި ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތަވާ އުމުރުން 18 އަހަރާއި 39 އަހަރު އަދި 25 އަހަރުގެ މީހުން ކަމަށްވެސް އެ ޕޯސްޓްގައި ބުނެފައިވެއެ.

މާސްޓާ ދުރްގާ ރާއޯ ގުރޫޖީ ނަމަކަށް ކިޔާ މީހަކު ރާއްޖޭ އައިސް ހުޅުމާލޭގައި ހުރެގެން ރޫހާނީ ދޭ ކަމަށް ބުނެ ފޭސްބުކުގައި އިޝްތިހާރު ކުރަމުންދާ މައްސަލައެއް މީސްމީޑިއާގެ ސަމާލުކަމަށް އައުމާގުޅިގެން ފުލުހުން އެމައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް އިއްޔެ ބުނެފައެވެ.

އެ މައްސަލައާއިގުޅިގެން ފުލުހުން ބުނެފައިވަނީ ދިވެހީންގެ ސަގާފަތާއި ދީނާ ހިލާފު އެފަދަ ކަންކަމުގެ މައުލޫމާތު އެކަކު އަނެކަކާ ހިއްސާ ކުރުމުގެ ބަދަލުގައި ވީ އެންމެ އަވަހަކަށް ކަމާބެހޭ އިދާރާތަކުގެ ސަމާލު ކަމަށް ގެނެސް އެކަމަށް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.އެހެންކަމުން އެފަދަ އިޝްތިހާރެއްގެ މައުލޫމާތު ލިބިއްޖެ ނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓު ކުރުމަށްވެސް އެދިފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙