23 ޖެނުއަރީ 2025

ރަސްމާދޫގައި ހައުސިންގޔުނިޓް މަޝްރޫޢެއް ހިންގަވައި ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ވިޝާން އަޙްމަދު
3 ގަޑިއިރު ކުރިން

ރަސްމާދޫގައި ހައުސިންގ ޔުނިޓް މަޝްރޫޢެއް ހިންގަވައިދެއްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މާޅޮސްމަޑުލު އުތުރުބުރީގެ 11 ރަށަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެެއިން އެ އަތޮޅު ރަސްމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ ގެދޮރުގެ ދަތިކަމާއި ތޮއްޖެހުމަކީ، އިޖުތިމާޢީ މައްސަލަތަކުގެވެސް މައިގަނޑު ސަބަބުކަމަށާއި އެހެންކަމުން، ރަސްމާދޫއަށްވެސް ދިމާވެފައިވާ މި މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން، ހައުސިން ޔުނިޓު މަޝްރޫޢެއް ކުރިއަށް ގެންގޮސްދެއްވާނޭކަ ކަމަށެވެ.

މީގެ އިތުރުން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ފެނުގެ ނިޒާމުގެ މަސައްކަތްތައް ފަށައި، މަސައްކަތް އެއްކޮށް ނިންމަވައިދެއްވާނޭކަމަށާއި، ސްކޫލްގެ މަސައްކަތްވެސް، ގޮސްފައިވާ ހިސާބު ދެނެގަނެ، އެ މަސައްކަތް ވެސް ނިންމަވައިދެއްވާނެ ކަމަށާއި، އަދި ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއިންވެސް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވައި، ލެބޯޓްރީއެއް ހިމެނޭ ގޮތަށް ރަށު ސިއްޙީ މަރުކަޒުގެ ޖާގަ އިރުރުކޮށްދެއްވާނެ ކަމަށްވެސް ރައީސް ޑރ މުއިއްޒުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، ރަސްމާދޫގައި އޭ.ޓީ.އެމް ބެހެއްޓުމުގެ މަސައްކަތާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސް އާއި އެ ރަށު ކައުންސިލާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

An error has occurred. This application may no longer respond until reloaded. Reload 🗙